މަރަށް މަރު ހިފުމަށް ތާއީދު ތޯ އެހުމުން ޖަވާބެއްދޭކަށް ނަޝީދަށް ނުކެރުނު

މަރަށް މަރު ހިފަން ނުވަތަ ޤިޞާޞް ހިފަން ތާއީދު ކުރައްވަންތޯ ނޫސްވެރިއަކު ސުވާލު ދެންނެވުނުން އެއަށް ޖަވާބެއް ދެއްވުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ދެކޮޅު ހައްދަވައިފިއެވެ.
އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ މަރަށް މަރު ހިފަން ތާއީދު ކުރައްވަން ތޯ ނަޝީދު ކުރެން އައްސަވައިފައެވެ. ނަމަވެސް އެ މަނިކުފާނު ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުން ރޭވިފައިވަނީ ނިޒާމާ ބެހޭ ވާހަކައާ ގުޅިގެން ކަމަށެވެ.
''އެނގިވަޑައިގަންވާނެ އަޅުގަނޑު ދަންނަވައިފިން މީ ނިޒާމީ ވާހަކަތަކާއެކު ގެންދާ ޕްރެސް ކޮންފަރެންސެއް. އެހެންވީމަ މި ޕްރެސް ކޮންފަރެންސް މި ހިސާބުގައި ބެހެއްޓޭތޯ އަޅުގަނޑު ވަރަށް އެބަ ބަލަން.'' އެ ސުވާލަށް ޖަވާބު ދެއްވަން ދެކޮޅު ހައްދަވަމުން ނަޝީދު ވިދާޅުވިއެވެ.
ނަޝީދަކީ އިސްލާމްދީނުގެ ކަންކަމަށް ގޮންޖައްސަވައި ވާހަކަދައްކަވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިން ވެސް އޭނާއަކީ އިސްލާމީ ޝަރީޢަތް ގާއިމުކުރުމާ ދެކޮޅު ބޭފުޅެކެވެ.

އައްޑޫގައި ބޭއްވި ސާކް ސަމިޓްގެ ތެރެއިން.
މަރަށް މަރު ހިފުމަކީ އެ މަނިކުފާނު ގަބޫލުކުރައްވާކަމެއް ކަމަށް ރައީސް ޔާމިން ޢަބްދުލްޤައްޔޫމް ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
''އަޅުގަނޑު ގަބޫލުކުރަން ޤިޞާޞް ތަންފީޒު ކުރަންޖެހޭނެ ކަމަށް. އެއީ އަޅުގަނޑުގެ ވިއުއަކަށް ބަދަލެއް ނާދޭ.''

ރައީސް ޔާމިން ވިދާޅުވީ މަރަށް މަރު ހިފޭ މިންވަރަށް މައްސަލަ ތަޙްޤީޤުކޮށް އިންސާފުވެރި ޝަރީޢަތެއް ހިންގައި އެކަން ހުށަހަޅައިފިނަމަ ދެން ވެރިކަން ލިބިވަޑައިގަތަސް މަރަށް މަރު ހިފާނެ ކަމަށެވެ.
ރައީސް ޔާމިން ވަނީ އެ މަނިކުފާނުގެ ދައުރުގައި މަރަށް މަރު ހިފަން ވާންޖެހޭ ތައްޔާރީތައްވިކަން ފާހަގަކުރައްވައިފައެވެ. އެ ގޮތުން ދޫނިދޫގައި މަރުގެ އަދަބު ދިނުމަށް ޗެމްބަރެއް ތައްޔާރުކުރެއްވިކަން ވެސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މަރުގެ މައްސަލަތައް ގިނަވެފައިވާއިރު ގާތިލުންނަށް ޙައްޤު އަދަބު ނުދެވޭތީ ރައްޔިތުން އަބަދު ވެސް ކަންބޮޑުވުން ފާޅުކުރެއެވެ.
ނަމަވެސް ރާއްޖޭގައި މަރުގެ ޙުކުމް އެންމެ ފަހުން ތަންފީޒުކުރީ މީގެ ބައި ގަރުނެއް ކުރިންނެވެ. އެއީ 1953 ވަނަ އަހަރުގައި އަމީންދީދީގެ ވެރިކަމުގައެވެ. އޭރު މަރުގެ އަދަބު ދިނުމަށް ޝަރީޢަތުން ޙުކުމްކުރީ ދިވެހި ތާރީޚުގައި މަޝްހޫރު ގއ.ނިލަންދޫ ޙަކީމްދީދީގެ މައްޗަށެވެ. ހުޅުލޭގައި އެ ޙުކުމް ތަންފީޒު ކުރީ ޙަކީމްދީދީގެ ގަޔަށް ބަޑި ޖަހައިގެންނެވެ.

ޝަރީޢަތުގެ މަޖިލީހަށް ސާބިތުވި ގޮތުގައި ގއ.ވިލިނގިލީ އަނީސް ނަމަކަށް ކިޔާ މީހަކު އެދިގެން ޙަކީމްދީދީ ވަރަށް ވަރުގަދަ ވިހަ ހިކައެއްގައި ނުބައި ސިހުރެއް ލިޔެ, އެ ހިކަ ލައިގެން ފެން ކައްކައި, އެ ފެނުގައި ސައި ހަދާފައި, އޭރު ހުވަދު އަތޮޅު އަތޮޅުވެރިޔަކަށް ހުންނެވި ވީރު އަލިދީދީއަށް ބޯންދިނުމުން އޭނާ ނިޔާވީއެވެ. ޙަކީމްދީދީ ވަނީ އެ ކަންކުރިކަމަށް އިޢުތިރާފުވެސް ވެފައެވެ.
ލާދީނީ ވީމަ ނުކެރެނީ. އެއީ ވެރިކަމުގެ ދަހިވެތިކަމުގަ. ތި ނަސީދަކީ ބޮޑު ވަބާއެއް. ދިވެހިންނަށް ޖެހިފަ އޮތް ބޮޑު ނުހޮރުއްޕާނެ.