ރޮޒޭ, ނަޝީދަށް: ބޭނުންވާ ގޮތަށް ހުރިހާކަމެއް ނުކުރެވޭނެ, އަމިއްލައެދުން ބޮޑުވިޔަސް ތީ ބޮޑުވަރު
ހުރިހައި ކަމަކީ ރައީސް ނަޝީދު ބޭނުންފުޅުހައި ގޮތަށް ނިންމަންޖެހޭނެކަމެއް ނޫންކަމަށް ވިދާޅުވެ, އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް, އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ''ފަލަ ސުރުޚީ'' ޕްރޮގްރާމުގައި ރޮޒައިނާ ރޭ ވިދާޅުވީ ރައީސް ނަޝީދު ބޭނުންފުޅު ނުވުމުން ޕްރައިމަރީއެއް ނުބާއްވާފައި, ނަޝީދު ބޭނުންފުޅުވުމުން ދެ އަހަރު ބައިން ވެރިކަން ނިންމާލައިފައި, ނަޝީދު ބޭނުންފުޅުވުމުން ވެރިކަން ކުރާ ނިޒާމް ބަދަލުކޮށް ޕްރައިމް މިނިސްޓަރުކަން ދޭން ނިންމާފައި މިހިރަ މިހިރަ ކަންކަމަކީ ބޭނުންފުޅުހައި ގޮތަކަށް ވާނޭ ކަންކަމެއް ނޫން ކަމަށެވެ.
''ދިސް އިޒް ޓޫ މަޗް އިނގޭތޯ. އެ ވަރަށް ސެލްފިޝްވާކަން ނުވާނެ އިނގޭތޯ.'' ރޮޒައިނާ ވިދާޅުވިއެވެ.
ރޮޒައިނާ ވިދާޅުވީ ނިޒާމު ބަދަލު ކުރާ ވާހަކަ ކުއްލިއަކަށް ދައްކަވަން މި ފެއްޓެވީ ރައްޔިތުންގެ ވޯޓަކުން ނަޝީދަށް ވެރިކަން ނުލިބޭނެހެން ހީވެވަޑައިގަންނަވާތީ ކަމަށެވެ.
''ޕާލަމެންޓްރީ ސިސްޓަމަށް ރާއްޖެ ބަަދަލުކުރަން އެ ދައްކަވާ ވާހަކަފުޅުތައް އަޅުގަނޑަށް މި ފާހަގަކުރެވެނީ ވަރަށް އަމިއްލަ އެދުން ބޮޑު ވާހަކަފުޅުތަކެއް ކަމަށް'' ރޮޒައިނާ ވިދާޅުވިއެވެ.
ރައީސް ނަޝީދަކީ ގިނަ ބަޔަކު ތާއީދުކުރާ ސިޔާސީ ލީޑަރެއްކަން ފާހަގަކުރައްވައި ރޮޒައިނާ އިތުރަށް ވިދާޅުވީ ނަޝީދުގެ އަމިއްލަ އެދުން ބޮޑުކަމުބް ތާއީދުކުރާ މީހުން މަދުވާން ފަށާފައިވާ ކަމަށެވެ. އެހެންކަމުން ނަޝީދަށް ރަނގަޅުވާނީ އަމިއްލަ އެދުމުގެ ބައި ދޫކޮށްލައްވާފައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއެކު މަސައްކަތް ކުރެއްވުންކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އަދި އެމްޑީޕީއަށް ވެސް އެންމެ ރަނގަޅުވާނީ އެ ގޮތްކަމަށް އޭނާ ވިދާޅުވިއެވެ.
ސާބަހޭ ރޮޒައިނާ. ތިދައްކަވަނީ މުލިންވެސް ހަމަ ތެދުވާހަކަތަކެއް
އެމް ޑީ ޕީ އާއި ނަޝީދައް ރަނގަޅުވާނެ ގޮތުގެ ވާހަކަ ދައްކާއިރު ރައްޔިތުންނައް ގެއްލުންވިޔަސް މި ގައްދާރުންނައް ހަމަ ބަރާބަރު
މީހާގެ ނެތްފެންވަރުގަ އަމިއްލައެދުން ބޮޑުވެއްޖެ. ވީމަ ވާންވީގޮތް އެވަނީ އެމްޑީޕީން ވެސް ވަކިކުރޭ