ޚަބަރު އިޖުތިމާޢީ

ކުށް ކުރާ ކޮންމެ މީހަކަށް އަދަބުދޭކަށް ނުޖެހޭ: އިމްރާން

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މިނިސްޓަރ އިމްރާން، ޕޮލިސް ކޮމިޝަނަރއާއެކު.. ފޮޓޯ/ވަން

ކުށްކުރާ ކޮންމެ މީހަކަށް އަދަބު ދިނުމަކީ ހައްލެއް ނޫންކަމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by STELCO

އިމްރާން ވިދާޅުވީ ކުށް ކުރާ މީހުން ބަންދުކޮށް ޖަލަށް ވެސް ލެވިދާނެ ކަމަށެވެ. އެކަމަކު ކުށް ކުރާ ކޮންމެ މީހަކަށް އަދަބު ދިނުން އެއީ ހައްލެއްކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އިމްރާން ވިދާޅުވީ އޭގެ ހައްލަކީ ފުލުހުންނާއި ކައުންސިލާއި މުޖުތަމަޢުގެ އެންމެހައި އަފްރާދުން ގުޅިގެން އެފަދަ ކުށްތައް ނެތިކޮށްލުން ކަމަށެވެ.

މީގެ އިތުރުން ދެއްކެވި ވާހަކައިގައި އިމްރާން ވަނީ އެއް ފުލުހަކު ނުވަތަ ދެ ފުލުހަކު ކުރާ ނޭދެވޭކަމެއްގެ އިލްޒާމު މުޅި މުއައްސަސާގައި ނޭޅުވުމަށް ގޮވައިލައްވާފައެވެ. އެއް ފުލުހަކު ނުވަތަ ދެ ފުލުހަކު ކުރާ ނޭދެވޭކަމެއްގެ އިލްޒާމު މުޅި ފުލުހުންގެ މުއައްސަސާގައި އަޅުވާނަމަ ރައްޔިތުން މުއައްސަސާއަށް ކުރާ އިތުބާރު ގެއްލިގެންދާނެކަމަށް ވެސް ވިދާޅުވިއެވެ.

  1. ފުލުހުންގެ ތެރޭގައިވެސް ރަގަޅު މީހުންނާއި ނުރަގަޅު މީހުންވެސް އެބައުޅޭ، ތިމާގެ ދިރިއުޅުމުގައި ދިމާވާ ކަމެއްގެ ސަބަބުން އަނެކާދެކެ ހަސަދަވެރިވެ އޭނާގެ ދުވަސް ދުއްވަން އުޅޭ ބަޔަކުވެސް އުޅޭ ކަމީ ޤަބޫލު ކުރަންޖެހޭ ކަމެއް !