ދުނިޔެ

ޗައިނާއިން ރަޝިއާއަށް ސިފައިން ފޮނުވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާ ސިފައިން ރަޝިޔާއަށް ދަތުރުކުރާނެ ކަމަށާއި، އެއީ މިމަހުގެ ފަހުކޮޅު ފަށާ ޖޮއިންޓް އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުމަށް ކަމަށް ބެއިޖިންގެ ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

Ads by Sosun Fihaara

މިދިޔަ މަހު މޮސްކޯއިން ވަނީ އޮގަސްޓް 30 އިން ސެޕްޓެމްބަރު މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް “ވޮސްޓޮކް” އަސްކަރީ ޑްރިލްތައް ބޭއްވުމަށް ރާވާފައިވާކަން އިއުލާންކޮށް، ބޭރުގެ ބައެއް ބާރުތަކުން ވެސް ބައިވެރިވާނެ ކަމަށް ބުނެފައެވެ. ނަމަވެސް ބައިވެރިވާނީ ކޮން ޤައުމުތަކެއް ކަމެއް ރަޝިއާއިން ހާމަކޮށްފައެއް ނުވެއެވެ.

ބެއިޖިން އާއި މޮސްކޯގެ ދިފާއީ ގުޅުން ގާތްވެފައިވާއިރު، ފެބްރުއަރީ 24 ވަނަ ދުވަހު ޔޫކްރޭނަށް އަރައިގަތުމާ ގުޅިގެން މޮސްކޯއަށް ބައިނަލްއަގްވާމީ ދަތިކުރުމުގެ ފިޔަވަޅުތަކާއި ކުށްވެރިކުރުން ކުރިމަތިވެފައިވާއިރުވެސް ޗައިނާއިން ވަނީ ދެ ގައުމުގެ ގުޅުން "މަތީ ފެންވަރަކަށް" ގެންދިއުމަށް ބޭނުންވާ ކަމަށް ބުނެފައެވެ.

މި ހަރަކާތުގައި އިންޑިއާ، ބެލަރޫސް، މޮންގޯލިއާ، ތަޖިކިސްތާން އަދި އެހެނިހެން ގައުމުތަކުން ވެސް ބައިވެރިވާނެ ކަމަށް އެ ގައުމުން ބުނެއެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ ވެރިކަމުގައި ރަޝިޔާ އާއި ޗައިނާއާ ދެމެދު އޮތް ގުޅުން އިތުރަށް ގާތްވެފައިވާއިރު، ހަނގުރާމައާ ގުޅިގެން ހުޅަނގުގެ ގިނަ ގައުމުތަކުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ދެކޮޅު ހެދުމުން ބެއިޖިން އަށް ވަނީ ޕްރެޝަރު ބޮޑުވެފައެވެ. މޮސްކޯ އާއި ބެއިޖިން ވަނީ "ނޯ ލިމިޓްސް" ޕާޓްނަޝިޕަކަށް އެއްބަސްވެފައިކަން ވެސް ފާހަގަކޮށްލެވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!