އިސްލާމީ ހައިބަތު ނެގެހެއްޓުމަށް ޕީޕީއެމްގެ ޒަޢާމަތު އިޢާދަކުރަންޖެހޭ: ޑރ.ޝަހީމް

ރާއްޖޭގެ އިސްލާމީ ހައިބަތު ނެގެހެއްޓުމަށް ޕީޕީއެމްގެ ޒަޢާމަތު އިޢާދަކުރަންޖެހޭކަމަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިން ޢަބްދުލްޤައްޔޫމުގެ ރަނިންމޭޓަކަށް ހުންނެވި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް މިއަދު ވިދާޅުވެއްޖެއެވެ.
''ހަވާލޭ ވަޠަން'' ގެ ނަމުގައި ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނާ ރަސްމީކޮށް ހަވާލުކުރުމާ ގުޅިގެން އެކަމަށް މަރުހަބާ ދަންނަވައި ކުރެއްވި ޓުވީޓެއްގައި ޑރ.ޝަހީމް ވިދާޅުވީ ޤައުމުގެ އިޖްތިމާޢީ ފޭރާން އަލުން ވިޔެ, އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ޤާއިމުކުރުމަށް ޕީޕީއެމްގެ ވެރިކަމެއް ގެންނަންޖެހޭ ކަމަށެވެ.
ތަރައްޤީގެ އުސް މިންތަކަށް ވާސިލުވެވޭނީ ވެސް ޕީޕީއެމްގެ ވެރިކަމެއް ގެނެސްގެން ކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ. އަދި ރާއްޖޭގެ އިސްލާމީ ހައިބަތު ނެގެހެއްޓުމަށްޓަކައި ޕީޕީއެމްގެ ޒަޢާމަތު އިޢާދަކުރަންޖެހޭކަމަށް ވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.
2013 އިން 2018 އަށް ރާއްޖޭގެ ރައީސްކަން ކުރެއްވި ރައީސް ޔާމިންގެ ޒަޢާމަތުގައި މި ޤައުމު ތަރައްޤީގެ އުސްމިންތަކަކަށް ވާސިލްވިއެވެ. ޢުމްރާނީ ގޮތުން އެތައް ހަރުފަތެއް ގިރާކުރިއެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން ''ތިކަމެއް ނުކުރެވޭނެޔޭ'', ''މިކަމެއް ނުކުރެވޭނެޔޭ'' ބުނެ ގޮވަމުން ދިޔަ ބަސްތަކަށް ގޮންޖައްސަވައި ރައީސް ޔާމިން ވަނީ ބުރިޖުގެ ބޮޑު މަޝްރޫޢާއި ދަރުމަވަންތަ ހޮސްޕިޓަލުފަދަ ތަންތަން ތަރައްޤީކުރައްވައި އެތައް ވަޒީފާއެއް އުފައްދަވައިފައެވެ.
މާތްﷲގެ ވާގިފުޅާއި މިންވަރުފުޅުން ޑރ ޝަހީމް ތިވިދާޅުވާ ޒައާމަތު މިގައުމަށް ދެއްވާނެ، އިންޝާﷲ.