އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސްއަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ހުށަހެޅުއްވި ޤަރާރު އަނބުރާ ގެންދަވާކަމަށް އެ މަނިކުފާނު އިއުލާނު ރައްވައިފިއެވެ.
މިދިޔަ ހުކުރު ދުވަހު ފެށުނު ކޮންގްރެސްގެ އެންމެ ފަހު އައިޓަމަކަށް އޮތީ ބަރުލަމާނީ ނިޒާމު ގެނައުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ނަޝީދު ހުށަހެޅުއްވި ޤަރާރަށް ބަހުސްކޮށް ގޮތެއް ނިންމުމެވެ.
ކޮންގްރެސްގެ ރިޔާސަތުގައި އިންނެވި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ވަނީ ޤަރާރު ހުށަހަޅަން ނަޝީދަށް ފުރުސަތު ދެއްވައިފައެވެ.
އެ ގޮތުން ނަޝީދު ސްޓޭޖަށް ވަޑައިގެންނެވީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއެކުގައެވެ. ވަޑައިގެން ވިދާޅުވީ ޤަރާރާ ގުޅޭ ގޮތުން ރައީސް ޞާލިޙާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށާއި ދެ ބޭފުޅުންނަށް އެއްބަސްވެވަޑައިގެންނެވުނީ ނިޒާމީ މަޝްވަރާ އިތުރަށް ކުރިއަށް ގެންދަވަން ކަމަށެވެ.
އެހެންކަމުން މި ވަގުތަށް ޤަރާރު ބާއްވާފައި ކޮންގްރެސްގައި މަޝްވަރާ ނުކުރަން ނިންމާފައިވާކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ ބަރުލަމާނީ ޤަރާރާ ގުޅޭ މައްސަލައިގައި އަދި އެންމެންނަށް އެއްބަސްވުމަކަށް އާދެވޭނެ ކަމަށެވެ.
އަންނިި ޕާޓީންވެސްް ބޮޑުތަނުންް ބާކީވީތަންފެނިގެންް އެދިޔައީީ އެހެންވެގެންްއަބަދުު މިކިޔަނީީ ހަނައިގަަ ހުންނަންދަސްކުރަންޖެހެޔޭޭ އަމިއްއެދުންް މާމައްޗޭޭ