އުފެދިފައިވާ މައްސަލަތައް ހައްލުކޮށް ޕާޓީއާއެކު ކުރިއަށް ދިއުމަށް ފަޔާ މަސައްކަތްކުރާނެ: ނަޝީދު

އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ޗެއާޕާސަން ފައްޔާޟް އިސްމާޢީލް (ފަޔާ) ހައްލުކޮށްދެއްވާނެކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެެއެވެ.
ބަރުލަމާނީ ނިޒާމު ގެނައުމަށް ވޯޓަކަށް ދިއުމަށް ގޮވާލައްވައި ނަޝީދު ހުށަހެޅުއްވި ޤަރާރާ ގުޅިގެން އުފެދުނު ޚިޔާލު ތަފާތުވުންތަކަށްފަހު އެމްޑީޕީގެ ހަތަރުވަނަ ކޮންގްރެސް ނިންމައިލީ އިއްޔެ ހަވީރުގައެވެ.
އިއްޔެ މެންދުރާ ހަމައަށް ކޮންގްރެސްގައި ޚިޔާލު ތަފާތުވުންތައް ހުއްޓެވެ. ނަމަވެސް ޤަރާރު އަނބުރާ ގެންދަވަން ނަޝީދު ނިންމެވުމުން ކޮންގްރެސް ނިންމައިލީ ގިނަ ބަޔަކު ކުރިން ހީކުރި ގޮތާ ޚިލާފަށް ވަރަށް އޮމާންކޮށެވެ.
ކޮންގްރެސްގައި އިއްޔެ ނަޝީދު ވިދާޅުވީ އެ މަނިކުފާނު ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރެއްވިއިރު ފައްޔާޟާއި މަޖިލީހުގެ ނައިބު ރައީސް އީވާއަކީ އަލަށް ވޯޓު ޙައްޤުވި ބޭފުޅުން ކަމަށެވެ. އަދި މިއަދު ފައްޔާޟް ޗެއާޕާސަންގެ މަޤާމުގައި އިންނަވާ ތަން ދެކެން އިންނަވަން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު އުފަލެއްކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ އެމްޑީޕީގައި ހުރި މައްސަލަތައް ހައްލުކޮށް, ޕާޓީއާއެކު ކުރިއަށް ދިއުމަށް ފައްޔާޟް މަސައްކަތް ކުރައްވާނެކަން ޔަޤީން ކަށަވަރު ކަމަށެވެ.
އިގިރޭސިން އިންޑިޔާގައި ޤާދިޔާނީ ފިރުޤާ އުފައްދާދިން ގޮތަށް އިގިރޭސިން މިވަނީ ދިވެހިރާއްޖޭގައި އެމްޑީޕީ ކިޔާ ފިރުޤާ އެއްވެސް އުފައްދާދީފަ !