ޚަބަރު ރައްޔިތުންގެ މަޖިލިސް

ހަ ޤައުމެއްގެ ސަފީރުކަމަށް ޝާން ޝާކިރު އައްޔަންކުރަން ފެންނަކަމަށް ކޮމިޓީން ފާސްކޮށްފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ޖަރުމަނުވިލާތުގައި ހުންނަވާ ދިވެހި ސަފީރު ޢާއިޝާތު ޝާން ޝާކިރު ނޮން ރެސިޑެންޓް ސަފީރެއްގެ ގޮތުގައި 06 ޤައުމަކަށް އައްޔަންކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން ފާސްކޮށްފިއެވެ.

Ads by STELCO

ހަ ޤައުމަކަށް ރާއްޖެއިން ކަނޑައަޅުއްވާ ނޮން ރެސިޑެންޑް ސަފީރުކަމަށް ޝާން ޝާކިރު ޢައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީން މިއަދު ވަނީ ދިރާސާކޮށްފައެވެ.

ނޮން ރެސިޑެންޓް ސަފީރެއްގެ ގޮތުގައި ޝާން އައްޔަން ކުރަން ނިންމަވާފައިވާ ހަ ޤައުމަކީ ރަޝިޔާއާއި ފިންލެންޑާއި ނޯވޭއާއި ޑެންމާކާއި ޔޫކްރެއިނާއި ސްވިޑަންއެވެ. ނޮން ރެސިޑެންޓް ސަފީރެއްގެ ގޮތުގައި ޝާން މަސައްކަތް ކުރައްވަން ހަމަޖެހިފައިވަނީ ޖަރުމަނުގައި ހުންނަވައިގެންނެވެ.

ޖަރުމަނު ސަފީރުކަމަށް ޝާން ޝާކިރު އައްޔަން ކުރަން ކޮމިޓީން ރުހުން ދިނުމުން މަޤާމުގެ ލިޔުން ޝާންއާއި ހަވާލުކުރެއްވީ މިދިޔަ ޖުލައި 20 ގައިކަމަށްވާތީ, މިއަދުގެ ބައްދަލުވުމުގައި އިތުރު ދިރާސާއަކަށް ކޮމިޓީން ނުދެއެވެ. އެހެންވެ އެހީ ވޯޓަށެވެ.

އެ ގޮތުން ނޮން ރެސިޑެންޓް ސަފީރެއްގެ ގޮތުގައި 06 ޤައުމަކަށް ޝާން ޝާކިރު އައްޔަންކުރަން ފެންނަކަމަށް އެއް މެންބަރަކު ފިޔަވައި ހުރިހާ މެންބަރުން ވޯޓު ދެއްވިއެވެ.

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައި ކުރިން ހުންނެވި ޝާން ޝާކިރު ވަނީ ފޮރިން މިނިސްޓްރީގެ އެހެނިހެން އިސް މަޤާމުތައް ވެސް ފުރުއްވައިފަ އެވެ. އޭގެތެރޭގައި އެ މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީކަން ހިމެނެއެވެ. އޭނާ ވަނީ ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރުކަން ވެސް ކުރައްވައިފައެވެ.

Ads by HDC
  1. ހައިވަކަރު

    6 ޤައުމު ފަތަހަ ކޮއްލާވަރުހުރި ކަނބަލެއް !
    ނޫނޭ ވަރުގަދަ، އަވަހަށް ޢައޔަންކޮށްލައްވާ !