ފްރީ ޓްރާންސްފަރއެއްގައި ސަންޗޭޒް އިންޓަރ މިލާން އަށް ސޮއި ކޮށްފި

ޗިލީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އެލެކްސިސް ސަންޗޭޒް ފްރީ ޓްރާންސްފަރ އެއްގައި އިންޓަރ މިލާން އަށް ސޮއި ކޮށްފިއެވެ.
އިންޓާރ މިލާންއާއި އެކު ސަންޗޭޒް 3 އަހަރު ދުވަހަށް އެއްބަސް ވުމެއް މި ހެދީ މެންޗެސްޓަރ ޔުނައިޓެޑުން އޭނާއާއި އެކު ވެފައިވާ އެއްބަސްވުން އުވާލަން ނިންމުމާއި ގުޅިގެންނެވެ.
ސަންޗޭޒް ޔުނައިޓެޑާއި ގުޅިފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހު އާސެނަލް ދޫކޮށްލުމަށް ފަހުގައެވެ.ނަމަވެސް ޔުނައިޓެޑްގައި އޭނާއަށް މާ ރަނގަޅު ކުޅުމެއް ދެއްކިފައި ނުވާއިރު ކުޅުނު 45 މެޗުގައި އޭނާއަށް ޖެހިފައިވަނީ 5 ގޯލެވެ.
ޔުނައިޓެޑަށް ސަންޗޭޒް ދޫކޮށްލުމުން އެއްވެސް ފީއެއް ނުލިބޭނެއެވެ. އަދި ހަމަ އެހެންމެ އަވަހަށް ކޮންޓްރެކްޓް އުވާލުމުގެ ސަބަބުން ޔުނައިޓެޑުން ސަންޗޭޒްއަށް ވަކި މިންވަރެއް ދައްކަން ޖެހޭނެއެވެ.