ދުނިޔެ

ޕާކިސްތާނުގައި ފެންބޮޑުވުމުގެ ހާދިސާތަކުގައި މިދިޔަ ދެ މަހު 777 މަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ކުރިމަތިވި ފްލެޝް ފްލަޑްތަކުގެ ސަބަބުން ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި ޕާކިސްތާނުގައި 777 މީހުން މަރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by WAMCO

ޖޫން 14 ވަނަ ދުވަހުން ފެށިގެން ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން 1.8 މިލިއަން މީހުންނަށް އަސަރުކޮށްފައިވާއިރު، އޭގެ ތެރެއިން 317،678 މީހުން އަދިވެސް ދިރިއުޅެމުން ދަނީ ރިލީފް ކޭމްޕްތަކުގައި ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.

ފެންބޮޑުވެގެން ހިނގި ހާދިސާތަކުގައި މަރުވި 777 މީހުންގެ ތެރެއިން ގާތްގަނޑަކަށް 300 މީހުން މަރުވެފައިވަނީ އޮގަސްޓް 1 ވަނަ ދުވަހުން ފެށިގެންނެެ.

ފެންބޮޑުވުމުގެ ހާދިސާތަކުގައި އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ، ހުޅަނގު ދެކުނު ބަލޫޗިސްތާނާއި ދެކުނު ސިންދު އަދި ޕަންޖާބުގެ އިރުމަތީ ޕްރޮވިންސްތަކަށެެ. މި ސަރަހައްދުތަކުގައި ކަމާބެހޭ ފަރާތްތަކުން ދަނީ އިތުރު ރިލީފް އަދި މެޑިކަލް ކޭމްޕްތައް ގާއިމް ކުރަމުންނެވެ.

ކަމާބެހޭ ފަރާތްތަކުން ބުނީ ފާއިތުވި ހަފްތާގައި ފެންބޮޑުވެގެން ގެއްލުން ލިބުނު މީހުންނަށް ބޭނުންވާ އެހީތެރިކަމަށް ކާބޯތަކެއްޗާއި ޓެންޓްތަކާއި އެހެނިހެން ޒަރޫރީ ތަކެތި ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ދޭހަވަނީ އަދިވެސް ގިނަ ބަޔަކު ތިބީ އެހީއަށް އިންތިޒާރު ކުރަމުންނެވެ.

ޕާކިސްތާނުގައި ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް މޫސުމީ ވިއްސާރަ ކުރިއަށް ދެއެވެ.

Ads by Ooredoo
  1. ل م ن

    ޕާކިސްތާނާއި ޕާކިސްތާނުގެ އަހުލުވެރިން ﷲ އެންމެހައި ނުރައްކަލުން ސަލާމަތް ކުރައްވާށި ،، މަރުވި މީހުނަށް ފާފަ ފުއްސަވައި ރަހުމަތް ލައްވާށި،، ދިރިތިބީންނަށް ކެއްތެރިކަމާއި ޢާފިޔަތު ދެއްވައި ބާއްޖަވެރިކަމާއި ތިޔާގެ ކަމާއި ތަނަވަސްކަން މިންވަރު ކުރައްވައި ޢިސާލާމް ދީންމަތީގައި ސާބިތުކަން ދެއްވައި ޢިސްލާމް ދީން މަތިވެރިކޮށް ނަސްރާއި ކާމިޔާބާއި ހިދާޔަތާއި ތަޢުފީޤް މިންވަރު ކުރައްވާށި ! ޢާމީން