ޚަބަރު ސިޔާސީ

''ޖައްވަށް, ހަވަޔަށް, ފަޒާޔަށް'' : މުސްކުޅިފުޅުވީ ދުވަހު މައުމޫނު އަމިއްލަ ނަފުސަށް މަލާމަތް ކުރައްވައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މައުމޫން. ފޮޓޯ: އަވަސް

ކުރީގެ ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ ދައުރު ނިމުނުފަހުން ރާއްޖޭގެ ޖަލުތަކުގެ ހާލަތާއި, އިންސާނީ ޙައްޤުތަކުގެ ހާލަތާއި, ވާނުވާޖަހައި ޖަލަށްލުމާއި މިފަދަ ކަންކަމަށް އިސްލާހީ ބަދަލެއް އައިސްފައިނުވާކަމުގެ ވާހަކަ ދައްކަވައި, އެ މަނިކުފާނު އަމިއްލަ ނަފުސަށް މަލާމަތް ކުރައްވައިފިއެވެ.

Ads by Hajj Corporation

ސިޔާސީ ފަރާތްތަކަށް ރައްދުދެއްވައި އެ މަނިކުފާނުގެ ޕާޓީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, 2008 ގައި އެކުލަވައިލި ފެހި ޤާނޫނުއަސާސީއަށް 14 އަހަރު ފުރިފައިވާއިރު, ކަންކަން އިސްލާހުކުރުމަށް މި ވޭތުވެދިޔަ 14 އަހަރު ވެރިކަން ކުރި ފަރާތްތަކަށް އެދެވޭ ނަތީޖާއެއް ނެރެވިފައިނުވާ ކަމަށެވެ.

ރާއްޖޭގެ ޖަލުތަކުގެ ހާލަތާއި, އިންސާނީ ޙައްޤުތަކުގެ ހާލަތާއި, ވާނުވާޖަހައި ޖަލަށްލުމާއި, އިޖުތިމާޢީ ރައްކާތެރިކަމާއި, ކޮރަޕްޝަނާއި ކަންކަމުގައި ސިޔާސީ ނުފޫޒު ފޯރުވުންފަދަ އެތައް ކަމަކަށް އެކަށޭނަ އިސްލާހާއި ކުރިއެރުން އައިސްފައިނުވާކަން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ރައީސް މައުމޫނުގެ އެމްއާރްއެމްއިން ޖަލުތަކުގެ ހާލަތަށް ކުރިއެރުމެއް އައިސްފައިނުވާކަމަށް ބުނާއިރު, އެ މަނިކުފާނުގެ ދައުރުގައި ޤައިދީން ''އަނދަގޮނޑި ޖައްސައި'', ދީނީ ޢިލްމުވެރިން ޖަލަށް ލައި ތުނބުޅި ބާލުވައި ޗިލީ ސޯސް ޖަހައި, ޤައިދީން ބަރަހަނާ ކުރުމަށްފަހު އާނުގަނޑު މަތީގައި ދަމައި ކޫއްތާފައި ގެންދިއުމާއި މިހިރަމިހިރަ ކަންކަމަކީ ފެންނާން ހުރި ޙަޤީޤަތްތަކެވެ.

މީގެ އިތުރުން 2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހަކީ މާފުށީ ޖަލުގައި ޤައިދީއެއްގެ ގޮތުގައި ހުރި މ.އޭޝިޔާ އީވާން ނަސީމް ބަނދެފައި ބަހައްޓައި ތަޅާ މަރައިލި ދުވަހެވެ. އެ ދުވަހުގެ ހާދިސާގައި އީވާން މަރާލައިފިކަން އެނގުމުން ޖަލުގައި ތިބި އެހެން މީހުން އެކަމާއި ނުރުހުންފާޅުކޮށް ނިކުތުމުން، އެ މީހުންގެ ގަޔަށް ސިފައިން ބަޑި ޖެހުމުން އޭގެތެރެއިން ތިން ޤައިދީއަކު ނިޔާވިއެވެ. 16 ޤައިދީންނަށް އަނިޔާވިއެވެ. ނަމަވެސް އޭރު ޓީވީ މެދުވެރިކޮށް މައުމޫން ދެއްްވި ޚިޠާބުގައި ވިދާޅުވީ ބަޑިޖެހީ ''ޖައްވަށް, ހަވަޔަށް, ފަޒާޔަށް'' ކަމަށެވެ.

2003 ސެޕްޓެމްބަރުގައި ޖަލުގައި ހިންގި ޖަރީމާގައި އަނިޔާ ލިބުނު ބައެއް ޤައިދީން

އީވާން ނަސީމް

މައުމޫނުގެ ދައުރުގައި އަނދަގޮނޑި ނުޖަހާ މީހަކު ހުރި ގެއެއް ރާއްޖޭގައި ނެތް ކަމަށާއި، އޭރުގެ އަނިޔާވެރިކަމާ ހުރެ ބިރުން ފިއްކަނޑައިގެންދާވަރުވާކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.

Ads by Allied Insurance
  1. ކަޅޭ

    ވެރިކަމުގަ ޖެހުނު އެކަކުވެސް ނެތޭ މިކަމުން ސަލާމަތްވެފާ، އަޅޭ މީ ވަރުގަދަ ލައްޒަތެއްތާ..

  2. އެލަސަން

    ރައީސްމަްުމޫނު ކަންކޮށްފައި އޮތީ ޤާނޫނާއި އެއްގޮތަށް! ޖަލުރޯކޮށްލާ ހަތިޔާރު ނަގައިގެން ޖަލުން ފިލަން ގައިދީންގެ އަމާޒުހުރީ!އެކަމަކީ އާންމު ނުރައްކަލެއް ބޮޑު ބިރުވެރިކަމެއް! ތިބުނާ ބަޑިޖަހާފައި ހުރީ ޖަލުއެއްގޮތަކަށްވެސް ކޮންޓުރޯލް ނުވެގެން! އެތަނުގައި ތިބީ ގުރުއާން ހަތިމުން ބިޑިއްނބުރަްިގެން ބޯހަދައި ހަތިމަށް ކުޑަކަމު ގޮސްހެދިމީހުން! ޖަލުގަ ރޯކޮށް ޖްލު ވަފާތުކުރި މީހުން! ކަމެއްކުރީމަ ފެންނާނީ ކުރިތަން އެކަންވެސް ގޯސްކޮށްނުބައި މާނައެއްނަގައި މައުމޫނަށް އެއްޗެހިކިޔައި ހެދީ ހަމަ އެމްޑީޕީ މީހުން!

  3. އައިސް

    މައުމޫނު ކޮނޑަށް ސަވާރު ވެގެން މި ވެރިކަން ގެނެވުނީ

  4. ހައިވަކަރު.

    މިނޫހުގައި ލިޔެބަޔާންކޮށްފައިފާ ހުރިހައި ވާހަކައެއް ތުދުކަމުގައި ފިސާރިހުރެ ދަންނަވަމެވެ. ގިނަކަންތަކެއް ދެކި ފެނި ، އަމިއްލައަށް ތަޖްރިބާ ކުރެވިފައިވާ ކަންތަކެއް ވާތީކަމުގައިވެސް ދަ
    ންނަވަމެވެ.

    • އަމާން

      ހައިވަކަރޭ…..ތިޔަހަދަނީ ހުސްދޮގު…..ކޮންކަމެއް ފެނި ތަޖުރިބާ ކުރެވުނީ..އަހަރެމެންވެސް މިއުޅެނީ މިގައުމުގައި.

  5. އައި

    މައުމޫނު ބައިވެރި ނުވިނަމަ މި ވެރިކަމެއް ނޯންނާނެ މިއަދަކު

  6. ސަންފަ

    މަމެންގޭ މީހަކު ޖަލަކަށް ނުލާ އަނދަގޮނޑި އެއްވެސް ނުޖަހާ. އީވާން ނަސީމް އާ މެދުވެސް ޝަރީޢަތް ކުރަންޖެހޭނެ އޭނާ ކަތިމް ފައިދަށު ލާ ކުޑަކަމުދިޔަސް ތަޅާ އަނިޔާ ކޮށްގެން ނުވާނެ. ޢެކަމަކު ވަރަށްބޮޑު ހަގީގަތެއް އެބަ އޮތް މައުމޫނުގެ ވެެރިކަން ފުރޮޅިގެން ދިއުމުގެ އެންމެ ބޮޑު އަސްލަކީ އެދުވަހު ޖަލުގައި ކުރި އަނިޔާ .އެކަން އެގޮތަށް ނުހިގި ނަމަ 2008ގަ ވެސް ވެރިކަމަށް ހޮވުނީހީ ހަމަ މައުމޫނު.

  7. ބިރުބޮޑު

    މައުމޫނު ވިދާޅުވި ވާހަކަ ދެން ނޫސްގެ މީހުންނަށް ފަހުމެއްނުވޭ މައުމޫނު އެވިދާޅުވަނީ 2003 ގެ ފަހުން 2008 ކާއި ހިސާބަށް ގެނެވުނު އިސްލާހީ އެޖެންޑާގެ ވާހަކަފުޅު އެއީ ހަމަހައްގު ތެދުފުޅެއް މިދިއަ 14 އަހަރު ތެރޭގައި ނުގެނެވުނު އިސްލާހު މައުމޫނުގެ ފަހު 05 އަހަރުތެރޭގައި ގެނެވުނު އަލަށް ނުކުންނަ ދޭތެރެ ޖަށްސާ ގަމާރު ނޫސް ވެރިންނަށް ތަނެއްދޮރެއް ހަމނޭންގެނީ ވަރަށް ވަރަށް ސާފް އެހެން ނޫންތޯ

  8. މަގޭ

    ކުށްވެރި ވީމަ އަދަބު ދޭން ޖެހޭ ކުރީގަ މާރަގޅު މައުމޫނު ކުރި ވަރު އަދި ނުކުރެވޭ އިސްލާހު ކުރަން އައި މީ ހުންނައް އެކަމެއް ވެސް ނުވޭ