ޚަބަރު ސަރުކާރު

ރައީސް ޞާލިޙް މީމަށް ވަޑައިގަންނަވަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މ.އަތޮޅަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

Ads by STELCO

ބައެއް މަޝްރޫޢުތަކުގެ ފެށުމާއި ނިމުން ފާހަގަކުރުމަށް ރައީސް މ.އަތޮޅަށް ފުރާ ވަޑައިގަންނަވާނީ އަންނަ ހޮނިހިރު ދުވަހުއެވެ.

މި 27 އިން 29 އަށް ކުރައްވާ މި ދަތުރުފުޅުގައި ދިއްގަރާއި, މަޑުއްވަރީއާއި ރަތްމަންދުއާއި, ވޭވަށާއި މުއްޔަށް ޒިޔާރަތް ކުރައްވާނެއެވެ. އަދި އެ ރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކާ ބައްދަލު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

‏''މި ރަށްތަކުގައި ހިނގަމުންދާ މަޝްރޫޢުތައް ކުރިއަށްދާ ގޮތް އެ މަނިކުފާނު ބައްލަވާލައްވާނެ. އަދި ދިއްގަރު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތާއި ވޭވަށު ބަނދަރާއި އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައި.'' ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގެ ފުރަތަމަ މަންޒިލަކީ ރަތްމަންދުއެވެ. ފަހު މަންޒިލަކީ މުއްޔެވެ.

Ads by Allied Insurance
  1. އަވައްޓެރި މުސްލިމް ޤައުމެއްގައި ފެންބޮޑުވެ ރައްޔިތުން ހާލުގައިޖެހިގެން އުޅޭއިރު ތައުޒިޔާއާއި ހަމްދަރުދީގެ ޝުޢޫރު ފާޅުކޮށް މެސެޖެއްވެސް ފޮނުވާލަން ނުކެރޭ ސަރުކާރެއްތޯ ؟ އިންޑިޔާދެކެ ބިރުންތޯ ޕާކިސްތާން ރަައްޔިތުންނަށް ހަމްދަރުދީގެ ޝުޢޫރު ފާޅުނުކުރެވެނީ !