ޚަބަރު އިޖުތިމާޢީ

މުޖުތަމަޢުގެ އަމާންކަމަށްޓަކައި އިސްލާމީ އުސޫލުތައް ގާއިމު ކުރަންޖެހޭ: ޑރ.ޝަހީމް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޑރ.މުޙައްމަދު ޝަހީމް

މުޖުތަމަޢުގެ އަމާންކަމަށްޓަކައި އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެންވާ އުސޫލުތައް އެންމެ ފުރިހަމަ ގޮތުގައި ގާއިމުކުރަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެެއެވެ.

Ads by MWSC

ޑރ.ޝަހީމް މިއަދު ޢާންމުކުރެއްވި ލިޔުމެއްގައި ވިދާޅުވެފައިވަނީ,
އިސްލާމްދީން ބާވައިލެއްވީ އަޅުތަކުން އެ ދީނަށް އެންމެ ފުރިހަމަ ގޮތުގައި ތަބާވުމަށް ކަމަށާއި, އެއީ ހަޔާތުގެ ދުސްތޫރު އަދި ދައުލަތުގެ ޤާނޫނީ ތަސައްވުރުގެ އަސާސް ކަމަށެވެ. އަދި އިސްލާމްދީނާ ތައާރުޒުވާ ގޮތަށް އެއްވެސް ޤާނޫނެއް ނުުވަތަ ގަވާއިދެއް ހެދިގެންނުވާނެ ކަމަށާއި, ހަދާ ކޮންމެ ޤާނޫނަކާ ގަވާއިދެއްގެ އަސްލަކަށް ވާންވާނީ ކީރިތި ޤުރުއާނާއި, ސުންނަތް ކަމަށެވެ.

ޑރ.ޝަހީމް ވިދާޅުވީ ޝަރީޢަތާ ޚިލާފުނުވާ ގޮތަށް މުޖުތަޢުގެ ޢާންމު މަސްލަހަތު ދެމެހެއްޓުމުގެ ގޮތުންނާއި, ސުލްހަވެރިކަން ގާއިމުކުރުމަށާއި، ދައުލަތް އިންތިޒާމު ކުރުމަށް، ޤާނޫނުތައް ހެދުމަކީ އުއްމަތަށް އިޚުތިޔާރު ލިބިގެންވާ ކަމެއް ކަމަށެވެ. އަދި އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެންވާ އުސޫލުތައް އެންމެ ފުރިހަމަ ގޮތުގައި ގާއިމުކުރާނަމަ މުޖުތަމަޢުގެ ރައްކާތެރިކަމާ ސުލްހަވެރިކަން އޮންނާނެކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

''އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިގެންވާ އުސޫލުތައް އެކަށީގެންވާ އެންމެ ފުރިހަ ގޮތުގައި ޤާއިމު ކުރެވޭނަމަ، މުޖުތަމަޢުގައި ސުލްހަވެރިކަން އޮންނާނެއެވެ. އަމާންކަން ވެސް ގާއިމު ކުރެވޭނެއެވެ. މުޖުތަމަޢުގައި ކުށްކުރުން ވެސް މަދުވާނެއެވެ.''

މީގެ އިތުރުން ޑރ.ޝަހީމް ވަނީ, އިސްލާމީ މުޖުތަމަޢަކީ ކުށްކުރުން މަދު މުޖުތަމަޢަކަށް ހެދުމަށްޓަކައި އެންމެން ގުޅިގެން އިސްލާމީ ތަރުބިޔަތު ފަތުރައި, އިސްލާމީ ސަޤާފަތާއި އުސޫލުތައް ގާއިމުކޮށް ދަމަހައްޓަން އިސްކަންދޭންޖެހޭކަން ވެސް ފާހަގަކުރައްވައިފައެވެ.

Ads by Ooredoo
  1. ޢަލީ

    ދީނުގެ މަގުގައި ހިފުމަށް ވަކާލާތުކޮށް އެކަމަށް މަސައްކަތް ކުރާ މީހަކަށް ދީނަށް ލޯބި ކުރައްވާ އެންމެން ބައިއަތު ހިއްޕަވާ މިގައުމު ސަލާމަތް ކުރުމަށް މަސައްކަތް ކޮށްދެއްވާ.ބަދުރުން މިސާލު ނަންގަވާ.ކާމިޔާބާއި ފަލާޙު އޮތީ އެގޮތުގައި.ޙައްލަކީ ޢުމަރު.