މުނިފޫހިފިލުވުން

ސުޝާންތުގެ ކޭސް ތަހުގީގު ކުރަން ސީބީއައި ގެންނަން ހުއްދަ ދީފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިދިޔަ ޖޫން މަހުގެ 14 ވަނަ ދުވަހު އަމިއްލައަށް މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ މައްސަލަ ވެފައިވަނީ އެތައް ބައެއްގެ ނިދި ނަގާލާފައިވާ ކަމަކަށެވެ.

Ads by Hajj Corporation

ކޮންމެ ދުވަހަކު މިމައްސަލައާއި ބެހޭގޮތުން އިވެމުންދިޔަ ވާހަކަތަކުން ސުޝާންތުގެ އާއިލާއާއި އެކުވެރިންގެ އިތުރުން އޭނާގެ ފޭނުން ވެސް ދިޔައީ މާޔޫސް ވަމުންނެވެ. މުމްބާއީ ފުލުހުންނާއި ބިހާރްގެ ފުލުހުން ވެސް މިކަމާއި ގުޅިގެންް ހިޔާލު ތަފާތުވުން އުފެދިފައިވާތީ، ސުޝާންތަށް ހެޔޮ އެދޭ ހުރިހާ ފަރާތްތަކުން ވެސް އެދެމުންްދިޔައީ މިމައްސަލަ ތަހުގީގު ކުރުމަށް އިންޑިއާ ގެ ކްރައިމް ބިއުރޯ އޮފް އިންވެސްޓިގެޝަންސް (ސީބީއައި) އާއި ހަވާލު ކުރުމަށެވެ.

އެހުރިހާ އެންމެންގެ އެދުމަށް މިއަދު އިންޑިއާ ސަރުކާރުން މިވަނީ އިޖާބަ ދީފައެވެ. އެގޮތުން އެތަހުގީގުތަކަށް ސީބީއައި ވެސް ވަނުމަށް މިހާރު ވަނީ ހުއްދަ ދީފައެވެ.

ސަރުކާރުގެ މިނިންމުމަށް ވަރަށް ގިނަ ބަޔަކު ވަނީ ތަރުހީބު ދީފައެވެ. އޭގެ ތެރޭގައި ބޮލީވުޑްގެ ބައެއް ފަންނާނުން ވެސް ހިމެނެއެވެ. އެގޮތުން ބޮލީވުޑްގެ އެކްޓްރެސް ރަވީނާ ޓަންޑަން ބުނެފައިވަނީ މިއީ ސަރުކާރުން ނިންމި ވަރަށް މުހިންމު ނިންމުމެއް ކަމަށާއި މިނިންމުމުގެ ސަބަބުން ހަގީގަތް ހާމަވުން ގާތް ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރެވޭ ކަމަށެވެ.

މީގެއިތުރުން ރަވީނާ ބުނީ ސުޝާންތުގެ ކޭސްގައި ވަރަށް ގިނަ ތިއަރީތަކެއް މިހާރުވެސް ފެންމަތިވެފައިވާ ކަމަށާއި އެހުރިހާ ކަމެއް ވެސް ދެން ހައްލުވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އެކްޓަރ އަދްޔާޔަން ސުމަން ވެސް ބުނެފައިވަނީ ސުޝާންތުގެ މަރުގެ މައްސަލަ ބަލަން ސީބީއައި ވެސް ހަވާލުވުމަކީ މުޅި ޤައުމަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.

ސުޝާންތު މަރުވިއިއރު އޭނާ ދިޔައީ ނަފްސަނީ ބައްޔަށް ބޭސް ކުރަމުން ކަމަށާއި، އޭގެ ސަބަބަކީ ބޮލީވުޑްގައި ބައެއް ފަރާތްތަކުންް އޭނާއާއިމެދު ކަންތައް ކުރަމުން ދިޔަ ގޮތްތަކާއި ހެދިކަމަށް ބެލެވޭ ކަަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ސުޝާންތު އަމިއްލައަށް މަރުވުމުގެ ތުހުމަތު އެންމެ ބޮޑަށް ކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީގެ މައްޗަށެވެ. އެގޮތުން ރިއާ ސުޝާންތަށް ބޭސްކާންދީ އޭނާ އޯވަރޑޯޒްކޮށް އަބަދު ނިންދަވާފައި ބާއްވާފައި ޕާޓީ ކުރި ކަމަށާއި، ސުޝާންތުގެ އެކައުންޓުން ގިނަ އަދަދަކަށް ފައިސާ ވެސް އޭނަ އަމިއްލަ އެކައުންޓަށް ޓްރާންސްފަރ ކުރި ކަމަށް ބުނެފައިވެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!