ދުނިޔެ

ޕާކިސްތާނަށް ކުރަމުންދާ ވިއްސާރައިގައި 30 މިލިޔަން މީހުން ހާލުގައި ޖެހިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނަށް މިހާރު ކުރަމުން އަންނަ ގަދަ ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމުގެ ހާދިސާތަކުގައި ފާއިތުވި ހަފްތާތަކުގެ ތެރޭގައި 30 މިލިއަނަށް ވުރެ ގިނަ މީހުންނަށް އަސަރުކޮށްފައިވާ ކަމަށް އެގައުމުގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ މިނިސްޓަރީން ވިދާޅުވެއްޖެއެވެ.

Ads by WAMCO

މިދިޔަ މަހުން ފެށިގެން ބޯކޮށް ވާރޭވެހި 900 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ޕާކިސްތާނުން ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް އެހީތެރި ކަމަށް އެދިފައެވެ.

"33 މިލިއަނަށް އަސަރުކޮށްފައިވަނީ، އެކި ގޮތްގޮތުން؛ ގެދޮރު ގެއްލިފައިވާ މީހުންގެ އެންމެ ފަހުގެ އަދަދު ވަޒަން ކުރަމުންދާ،" ކްލައިމެޓް ޗޭންޖް މިނިސްޓަރު ޝެރީ ރެހްމަން ރޮއިޓާސްއަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވިއެވެ.

ޝެރީ އިތުރަށް ވިދާޅުވީ މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ދެކުނުގެ ސިންދު ޕްރޮވިންސަށް ކަމަށެވެ. ގެއްލުން ލިބުނު މީހުންނަށް 1 މިލިއަން ޓެންޓް އަޅާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

"ޕާކިސްތާނުގެ ދެކުނުގައި އޮތީ ގާތްގަނޑަކަށް ފެންގަނޑު އަޑީގައ. މީހުން ދަނީ އުސް ބިމަށް ދަމުން" ޝިރާ ވިދާޅުވިއެވެ.

"މިއީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާއެއް. ޤައުމުތަކުން މިކަމަށް ސަލާލުވާން ޖެހޭ"

Ads by HDC
  1. ޔާ ﷲ ޕާކިސްތާން ޒިންދާ ބާދު! ހުދާ ހާފިޒު !