މުނިފޫހިފިލުވުން

ސުޝާންތު މަރުވުމުގެ 5 ދުވަސް ކުރިން ރިއާ ސުޝާންތު ބްލޮކް ކުރި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ބޮލީވުޑް އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތް މަރުވުމުގެ ދުވަސްކޮޅެއް ކުރިން ސުޝާންތުގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ ސުޝާންތުގެ ނަންބަރު ބްލޮކް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

Ads by Sosun Fihaara

ރިޕޯޓުތައް މިހެން ބުނެފައިވަނީ ސުޝާންތު މަރުވުމުގެ ކުރީގެ އޭނާގެ ފޯނުން ކޮށްފައިވާ ހުރި ކޯލް ރެކޯޑިން އެއް ލީކުވުމާ ގުޅިގެންނެވެ.

އެގޮތުން މި ކޯލް ރެކޯޑިން ތަކުން ހާމަވާ ގޮތުގައި ޖޫން މަހުގެ 8 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހާ ހަމައަށް ސުޝާންތު ރިއާ އަށް ގުޅުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. ނަމަވެސް މިއިން އެއްވެސް ކޯލަކަށް ރިއާ ޖަވާބު ދީފައެއްނުވެއެވެ.

ސުޝާންތު އޭނާ ދިރިއުޅޭ އެޕާޓްމެންޓުގައި ދަން ޖެހިފައި ހުއްޓާ ފެނިފައިވަނީ ޖޫން މަހުގެ 14 ދުވަހުއެވެ،

ސުޝާންތުގެ މައްސަލަ އާ ގުޅިގެން ތަފާތު އެކި ތިއަރީތަކަށް ވާހަކަދެކެވެމުން އަންނައިރު މި މައްސަަލަ ބެލުމަށް ކްރައިމް ބިއުރޯ އޮފް އިންވެސްޓިގެޝަންސް (ސީބީއައި) އާއި ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސުޝާންތު މަރުވިއިއރު އޭނާ ދިޔައީ ނަފްސަނީ ބައްޔަށް ބޭސް ކުރަމުން ކަމަށާއި، އޭގެ ސަބަބަކީ ބޮލީވުޑްގައި ބައެއް ފަރާތްތަކުންް އޭނާއާއިމެދު ކަންތައް ކުރަމުން ދިޔަ ގޮތްކަމަށް ބެލެވޭ ކަަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

ސުޝާންތު އަމިއްލައަށް މަރުވުމުގެ ތުހުމަތު އެންމެ ބޮޑަށް ކޮށްފައިވަނީ އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީގެ މައްޗަށެވެ. އެގޮތުން ރިއާ ސުޝާންތަށް ބޭސްކާންދީ އޭނާ އޯވަރޑޯޒްކޮށް އަބަދު ނިންދަވާފައި ބާއްވާފައި ޕާޓީ ކުރި ކަމަށާއި، ސުޝާންތުގެ އެކައުންޓުން ގިނަ އަދަދަކަށް ފައިސާ ވެސް އޭނަ އަމިއްލަ އެކައުންޓަށް ޓްރާންސްފަރ ކުރި ކަމަށް ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!