ދުނިޔެ

އިނގިރޭސިވިލާތުގައި ބިދޭސީ ދަރިވަރުންގެ ގޮތުގައި އެންމެ ގިނައީ އިންޑިއާ ދަރިވަރުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިނގިރޭސިވިލާތުގައި ކިޔެވުމަށާއި، މަސައްކަތް އަދި ފަަތުރުވެރިކަމުގެ ވިސާ އެންމެ ގިނައިން ދޫކުރީ އިންޑިއާގެ ރައްޔިތުންނަށް ކަމަށް އިނގިރޭސިވިލާތުގެ އިމިގްރޭޝަން ސްޓެޓިސްޓިކްސް ހާމަވެއްޖެއެވެ.

Ads by WAMCO

ބުރާސްފަތި ދުވަހު ޝާއިއުކުރި އިނގިރޭސިވިލާތުގެ އެންމެ ފަހުގެ އިމިގްރޭޝަން ސްޓެޓިސްޓިކްސް އިން ދައްކާ ގޮތުގައި ޖޫން 2022 އާ ހާމައަށް ގާތްގަނޑަކަށް 118،000 އިންޑިއާ ދަރިވަރުންނަށް ސްޓޫޑެންޓް ވިސާ ލިބިފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 89 ޕަސެންޓް އިތުރު އަދަދެކެވެ.

އިނގިރޭސިވިލާތުން މިހާރު ސްޕޮންސަރޑް ސްޓޫޑެންޓް ވިސާ އެންމެ ގިނައިން ދޫކުރާ ޤައުމަކީ އިންޑިއާއެވެ. ކުރިން މި މަޤާމުގައި އޮތީ ޗައިނާއެޗެ.

“އަޅުގަނޑުމެންނަށް މި ތަޖުރިބާ ކުރެވެނީ ވިސާއަށް ކުރިން ނުފެންނަ ޑިމާންޑެއް. އަވަހަށް ކޯސްތައް ފަށާ ދަރިވަރުން ވީހާވެސް އަވަހަކަށް އެޕްލައި ކުރުމަށް ބާރުއަޅަން،” ގިނަ އަދަދެއްގެ ދަރިވަރުން ވިސާއަށް އެދެމުންދާތީ އެކަމަށް ހިނގާ ވަގުތު އިތުރުވުމުން، އިނގިރޭސިވިލާތުން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލެކްސް އެލިސް

އިނގިރޭސިވިލާތަކީ އިންޑިއާގެ ޗުއްޓީ ހޭދަކުރާ ފަރާތްތަކަށް ވެސް މަގުބޫލު މަންޒިލެވެ. މިއަހަރު އިނގިރޭސި ވިލާތުން، ވިޒިޓާ ވިސާ ދޫކުރި އެންމެ ގިނަ ނިސްބަތް (28 ޕަސެންޓް) ލިބިފައިވަނީ އިންޑިއަށެވެ..

ޖޫން 2022 އާ ހަމައަށް އިންޑިއާގެ 258،000 އަށް ވުރެ ގިނަ ރައްޔިތުންނަށް ވިޒިޓް ވިސާ ލިބުނުއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 630 ޕަސެންޓް އިތުރު އަދަދެއް (ކޮވިޑް-19 ގެ ސަބަބުން ދަތުރުފަތުރަށް ހުރަސް އޮތް ދުވަސްވަރު) ކަމަށް އިނގިރޭސިވިލާތުގެ އިމިގްރޭޝަން ސްޓެޓިސްޓިކްސް ކިޔައިބަލާށެވެ.

ޖޫން 2022އަށް އިންޑިއާގެ ރައްޔިތުންނަށް ގާތްގަނޑަކަށް 103،000 ވޯކް ވިސާ (އެއީ ހުނަރުވެރި އަދި ސީޒަނަލް މަސައްކަތްތެރިން ހިމެނޭ)ހެން ލިބިފައިވާއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 148 ޕަސެންޓް އިތުރު އަދަދެކެވެ.

Ads by Ooredoo
  1. އިންޑިޔާގައި އަދިވެސް އޮތީ އިންގިރޭސި އިސްތިއުމާރު ވީމާ އިންޑިޔާ މީހުން އިގިރޭސި ވިލާތަށް ދިއުމަކީ ހައިރާންވާންޖެހޭ ކަމެއްނޫންތީ !