ދުނިޔެ

ޕާކިސްތާނުގެ ބޮޑު ބައެއް ފެނުގެ އަޑީގައި، 33 މިލިޔަން މީހުން ހާލުގައި ޖެހިފައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނަށް މިހާރު ކުރަމުން އަންނަ ގަދަ ވިއްސާރައިގެ ސަބަބުން، ފެންބޮޑުވެ، ގެދޮރު ހަލާކުވެ، މަދުވެގެން 33 މިލިއަން މީހުން ހާލުގައި ޖެހިފައިވާ ކަމަށް އެގައުމުގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ވަޒީރު ވިދާޅުވެއްޖެއެވެ.

Ads by WAMCO

ޖޫން މަހުގެ މެދުތެރެއިން ފެށިގެންމުޅި ޕާކިސްތާނަށް ބޯކޮށް ވެހެމުންދާ ވާރޭގެ ސަބަބުން ބިންގަނޑު ކަޑައިގެން ދިއުމާއި، ކޯރުތައް ބަންޑުންވުމުގެ ހާދިސާތައް ވަނީ އިތުރުވެފައެވެ. ފެންބޮޑުވުމުގެ ސަބަބުން ދިމާވާ މިފަދަ ހާދިސާތަކުގައި މިހާތަނަށް 937 މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކުރެއެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ވަޒީރު ޝެރީ ރެހްމަން ވިދާޅުވީ މިހާރުގެ ފެންބޮޑުވުމަކީ "ކުރިން ނުފެންނަ" އަދި "މި ދިހަ އަހަރުގެ އެންމެ ނުބައި އިންސާނީ ކާރިސާ" ކަމަށެވެ.

"ޕާކިސްތާނަށް މިއީ މޫސުމީ 8 ވަނަ ވިއްސާރައިގެ ސައިކަލް. އާންމުކޮށް އެގައުމަށް ވާރޭ ވެހެނީ އެންމެ ތިން ސައިކަލަށް" ރެހްމާން ވިދާޅުވި އެވެ.

އެންޑީއެމްއޭ، ޕާކިސްތާނުގެ ސިފައިން، އަދި ޕްރޮވިންޝަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ގެއްލުން ލިބުނު މީހުންނަށް އެހީތެރިވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި ނަމަވެސް ގެދޮރު ނެތް އަދި ގެދޮރު ގެއްލިފައިވާ އާއިލާތަކުގެ އަދަދު އިތުރުވުމުން ބޯހިޔާވަހިކަމާއި އިތުރު އެހީތެރި ކަމަށް ބޭނުންވެފައިވާ ކަމަށް ރެޙްމާން ިވދާޅުވިއެވެ.

ޖޫން މަހުގެ މެދުތެރޭގައި ވިއްސާރަ ވެހެން ފެށިފަހުން 3،000 ކިލޯމީޓަރަށް ވުރެ ގިނަ މަގާއި 130 ބްރިޖާއި 495،000 ގެއަށް ގެއްލުން ލިބިފައިވާ ކަމަށް އެންޑީއެމްއޭގެ އެންމެ ފަހުގެ ސިޗުއޭޝަން ރިޕޯޓުގައިވެވެ.

Ads by Allied Insurance
  1. ޕާކިސްތާނުގެ އަހުކުވެރިންނަށް ކެއްތެރިކަން މިންވަރު ކުރައްވައި ކާރިސާއިން އަރައިގަތުމުގެ ހެޔުތައުފީޤް ﷲ މިންވަރު ކުރައްވައި ތަނަވަސްކަމާއި އުފާވެރި ބާއްޖަވެރި ހަޔާތެއް މިންވަރު ކުރައްވައި އިސްލާމް ކަންމަތީ އެބައިމީހުން ލަހައްޓަވާށި ! ޢާމީން