ލައިފްސްޓައިލް

ފްރެންޗް ފްރައިސް ކާ މީހުން އަވަހަށް މަރުވުމުގެ ފުރުސަތު އޮވޭ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ތެލުލި އަލުވި ނުވަތަ ފްރެންޗް ފްރައިސް އަކީ ގިނަ ބަޔަކަށް ވަރަށް މީރު ލުއިކާނާ އެކެވެ. ކާން ފަށައިފިނަމަ ކެއުން ނުހުއްޓޭހާ ވެސް މީރު އެއްޗެކެވެ. ނަމަވެސް އަނގަޔަށް ކިތަންމެ މީރު ނަމަވެސް ފްރެންޗް ފްރައިސް އަކީ ސިއްހަތަށް ހުރި ނުރައްކަލެކެވެ.

Ads by Hajj Corporation

ދިރާސާތަކުން ދައްކާ ގޮތުގައި ގިނައިން ފްރެންޗް ފްރައިސް ކާ މީހުން އަވަހަށް މަރުވުމުގެ ފުރުސަތު އޮވެއެވެ.

އެމެރިކަން ޖާނަލް އޮފް ކްލިނިކަލް ނިއުޓްރިޝަން ގައި ޝާއިއު ކޮށްފައިވާ މި ދިރާސާގައި، ބުނެފައިވާ ގޮތުގައި ފްރެންޗް ފްރައިޒް ކެއުމަކީ އަވަހަށް މަރުވުމަށް މަގުފަހިވާ ކަމެކެވެ. އެގޮތުން ހަފްތާއަކު ދެފަހަރު ނުވަތަ އެއަށް ވުރެ ގިނައިން ފްރެންޗް ފްރައިސް ކާމީހުން އެއްގޮތަކަށްވެސް ފްރެންސް ފްރައިސް ނުކާ މީހުންނާ އަޅާބަލާއިރު އަވަހަށް މަރުވުމުގެ ފުރަސަތު ދެގުނަ އިތުރެވެ.

ދިރާސާގައި އިތުރަށް ބުނެފައިވާ ގޮތުގައި އަލުވި ކެއުމުގައި ރައްކާތެރި ގޮތަކީ ތެލު ނުލާ ކެއުމެވެ. އަލުވި ތެލު ނުލާ ކާ ނަމަ ފުރާނައަށް ނުރައްކާ ވުމުގެ ފުރުސަތު ބޮޑުތަނުން ކުޑަވެއެވެ.

ތެލުލި އަލުވީގައި އުފެދޭ ނުރައްކާތެރި މާއްދާއަކީ "ޓްރާސް ފެޓްސް" އެވެ. އަދި ޓްރާސް ފެޓްސްގެ ސަބަބުން "އޮސްޓިއޯއާތްރައިޓިސް" ޖެހުމަށް މަގުފަހިވާ ކަމަށްވެސް މިދިރާސާގައި ފާހަގަކޮށްފައިވެއެވެ.

 

 

 

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!