ޚަބަރު އިޖުތިމާޢީ

ވޮލީ ކުޅުންތެރިޔާ އަޙްމަދު ޢަބްދުﷲ ނިޔާވުމާ ގުޅިގެން ޕީޕީއެމްއިން ތައުޒިޔާ ކިޔައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އަޙްމަދު ޢަބްދުﷲ

ރޭގެ ވަގުތެއްގައި މަޝްހޫރު ވޮލީ ކުޅުންތެރިޔާ އަޙްމަދު ޢަބްދުﷲ ނިޔާވުމާ ގުޅިގެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ތަޢުޒިޔާ ކިޔައިފިއެވެ.

Ads by Sosun Fihaara

އދ.ދިއްދޫ ނޫވިލާގޭ ޢުމުރުން 37 އަހަރުގެ އަޙްމަދު ޢަބްދުﷲ ނިޔާވީ, އދ.އަތޮޅުގައި މިހާރު ކުރިއަށްގެންދާ އެ އަތޮޅު ޒޯނު މުބާރާތުގައި ދިއްދޫ ރައްޔިތުންގެ ގުޅުމާއި ދަނގެތީ އަންވާރު ސްޕޯޓްސް ކްލަބް ބައްދަލުކުރި ވޮލީ މެޗުގައި ކުޅެން ހުއްޓައެވެ.

އޭނާއަކީ ޕީޕީއެމްގެ ޓިކެޓްގައި 2017 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި އދ. އަތޮޅު ކައުންސިލް މެންބަރުކަމަށް ވާދަކުރެއްވި ބޭފުޅެކެވެ.

ޕީޕީއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, ޢަޙްމަދު ޢަބްދުﷲ ވޮލީ ކުޅުއްވަން ހުންނަވަނިކޮށް، ކުއްލި ގޮތަކަށް ނިޔާވި ޚަބަރު މިކޯލިޝަންގެ އެންމެހައި މެންބަރުން އެހީ ވަރަށްވެސް ފުން ހިތާމައާއި އަސަރާއެކުގައި ކަމަށެވެ.

ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވަނީ, އަޙްމަދު ޢަބްދުﷲ ނިޔާވުމުގެ ހިތާމައިގައި މަރްޙޫމުގެ ލޮބުވެތި ޢާއިލާއަށާއި، ރަޙްމަތްތެރިންނަށް އަދި ވޮލީ ބޯޅަ ޢާއިލާގެ އެންމެހާ މެންބަރުންނަށް ކުރިމަތިވެފައިވާ ފުން ހިތާމައިގައި އެ ކޯލިޝަންގެ އެންމެހާ މެންބަރުން ބައިވެރިވާ ކަމަށެވެ. އަދި އަޙްމަދު ޢަބްދުﷲ ގެ ޢާއިލާއަށާއި ރަޙްމަތްތެރިންނަށާއި, ވޮލީ ޢާއިލާއަށް ޕީޕީއެމްގެ ރައީސް, ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ކޯލިޝަންގެ ލީޑާޝިޕާއި، ސެނެޓަރުންނާއި، ޕާލަމަންޓްރީ ގްރޫޕްގެ މެންބަރުންނާއި ސްޓިއަރިންގ ކޮމިޓީތަކާއި, ކޯލިޝަނަށް ނިސްބަތްވާ ދެ ޕާޓީގެ އެންމެހާ މެންބަރުންގެ ނަމުގައި ތަޢުޒިޔާ ދަންނަވާ ކަމަށެވެ.

''މާތްﷲ އެ މަރްޙޫމްގެ ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމެވެ.'' ބަޔާނުގައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!