ޚަބަރު ޝަރުޢީ ދާއިރާ

އަލަމްގީރުގެ އިޢުތިރާފު ދެމެހެއްޓުމުން އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އެއް ޖިންސުން ގުޅުން ހިންގިކަމަށް ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް (އަލަމްގިރި) ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފުވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.

Ads by MWSC

ޤާނޫނުލްޢުޤޫބާތުގެ ދަށުން އަލަމްގީރުގެ މައްޗަށް އުފުލާފައިވަނީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދަޢުވާއެވެ. އެ ދަޢުވާގެ ޝަރީޢަތް ފެށުމުގެ ގޮތުން އިބްތިދާއީ އަޑުއެހުމެއް ބޭއްވީ އިއްޔެ ހަވީރު 16:00 ގައެވެ. އެ އަޑުއެހުން ބޭއްވީ އޮންލައިންކޮށެވެ. ޖިންސީ މައްސަލަތަކުގެ ޝަރީޢަތްތައް ބާއްވާ އުސޫލުގެ ދަށުން އެ އަޑުއެހުން ވެސް ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލަކު ''ދެން'' އަށް މިއަދު ވިދާޅުވީ އަލަމްގީރު ދަޢުވާއަށް އިޢުތިރާފުވެފައިވާ ކަމަށެވެ.

އެހެންކަމުން އިބްތިދާއީ މަރުހަލާ ނިންމައި ޝަރީޢަތުގެ އަޑުއެހުމެއް ވެސް އިއްޔެ ކުރިއަށް ގެންދިޔައެވެ. އަލަމްގީރު ހާޒިރުކޮށްގެން ބޭއްވި އެ އަޑުއެހުމުގައި ވެސް ވަނީ އިޢުތިރާފު ދަމަހައްޓައިފައެވެ. އެ ގޮތުން ގާޒީ ނިންމެވީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި މައްސަލަ ނިންމާށެވެ.

އޭގެފަހުން އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ އަޑުއެހުމެއް ވެސް ކުރިއަށް ގެންދިޔައެވެ. އަދަބު ކަނޑައެޅުމާއި ޙުކުމް ކުރުމަށް ވަރަށް އަވަހަށް އަޑުއެހުމެއް ތާވަލުކުރާނެކަމަށް އޮފިޝަލު ވިދާޅުވިއެވެ.

އަލަމްގީރާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި ނާޒިމް ޢަބްދުއްސައްތާރާއި, ފުލުހުންގެ ޑްރަގް އެންފޯސްމަންޓްގައި މަސައްކަތް ކުރަމުންދިޔަ ޢަބްދުއްރަޙްމާން ރަފީޤް (ދޮން ދިގު) އާއި, ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދުގެ މައްޗަށް ވެސް ވަނީ, އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދަޢުވާ އުފުލައިފައެވެ. ނަޝީދުގެ ޝަރީޢަތް މިއަދު ފަށަން ވަނީ ތާވަލުކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!