ޚަބަރު ރައްޔިތުންގެ މަޖިލިސް

ހަ ޤައުމެއްގެ ސަފީރަކަށް ޝާން އައްޔަންކުރުމަށް މަޖިލީހުން ރުހުންދީފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ޝާން ޝާކިރު. ފޮޓޯ: ރައީސް އޮފީސް

ޖަރުމަނުވިލާތުގައި ހުންނަވާ ދިވެހި ސަފީރު ޢާއިޝާތު ޝާން ޝާކިރު ނޮން ރެސިޑެންޓް ސަފީރެއްގެ ގޮތުގައި 06 ޤައުމަކަށް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.

Ads by Sosun Fihaara

ޝާންއަށް ރުހުންދިނުމާމެދު މަޖިލީހަށް ފެންނަ ގޮތެއް އަންގަވައިދެއްވުމަށް އެދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މަޖިލީހަށް ޝާންގެ ނަން ހުށަހެޅުއްވީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

އެ މައްސަލަ ދިރާސާކުރުމަށްފަހު ޝާން އައްޔަންކުރަން ފެންނަކަމަށް ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ އަޣްލަބިއްޔަތުން ނިންމީ މި މަހުގެ 22 ގައެވެ.

ނޮން ރެސިޑެންޓް ސަފީރެއްގެ ގޮތުގައި 06 ޤައުމަކަށް ޝާން އައްޔަންކުރަން ފެނޭތޯ ބެލުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 48 މެންބަރުންގެ އިއްތިފާޤުން ނިންމެވީ ޝާންއަށް ރުހުން ދިނުމަށެވެ.

ނޮން ރެސިޑެންޓް ސަފީރެއްގެ ގޮތުގައި ޝާން އައްޔަން ކުރަން ނިންމަވާފައިވާ ހަ ޤައުމަކީ ރަޝިޔާއާއި ފިންލެންޑާއި ނޯވޭއާއި ޑެންމާކާއި ޔޫކްރެއިނާއި ސްވިޑަންއެވެ. ނޮން ރެސިޑެންޓް ސަފީރެއްގެ ގޮތުގައި ޝާން މަސައްކަތް ކުރައްވަން ހަމަޖެހިފައިވަނީ ޖަރުމަނުގައި ހުންނަވައިގެންނެވެ.

ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމުގައި ކުރިން ހުންނެވި ޝާން ޝާކިރު ވަނީ ފޮރިން މިނިސްޓްރީގެ އެހެނިހެން އިސް މަޤާމުތައް ވެސް ފުރުއްވައިފަ އެވެ. އޭގެތެރޭގައި އެ މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީކަން ހިމެނެއެވެ. އޭނާ ވަނީ ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރުކަން ވެސް ކުރައްވައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!