50 ރުފިޔާއަށް 10 ޖީބީ އުރީދޫން

އުރީދޫން 50ރ. އަށް 10 ޖީބީ ޑޭޓާ ދުވާލެއްގެ މައްޗަށް ލިބޭ ވަގުތީ ޕެކޭޖެއް ތައާރަފްކޮށްފިއެވެ.
"މަގޭ ޕަވާ 50" ކިޔާ އެ ޕެކޭޖަކީ އުރީދޫން އަލަށް ތައާރަފްކޮށްފައިވާ ޕްރިޕެއިޑް "މަގޭ ޕަވަ ޕެކްސް" ގެ ތެރޭގައި ހިމެނޭ ޕެކޭޖެއް ކަމަށް އެ ކުންފުނިން ބުންޏެވެ.
އޭގެތެރޭގައި ދެން ހިމެނެނީ "މަގޭ ޕަވާ 500" އެވެ. އެއީ މަހަކު 50ރ. އަށް 50 ޖީބީ ލިބޭ ޑާޓާ ޕެކޭޖެކެވެ.
އުރީދޫން ބުނިގޮތުގައި، މަގޭ ޕަވާގެ ދެ ޕެކޭޖަކީ ވެސް ވަގުތީ ޕެކޭޖުތަކެކެވެ. އެކަމަކު އެ ޕެކޭޖުތައް ލިބެން ހުންނާނީ ކިހާ ދުވަހަކަށް ކަމެއް އެ ކުންފުނިން ހާމައެއް ނުކުރެ އެވެ.
"މަގޭ ޕަވަ ޕެކްސް" ފަރުމާކޮށްފައިވަނީ ޕްރިޕެއިޑް ކަސްޓަމަރުންނަށް، ގޭމުކުޅުމާއި ފިލްމް ނުވަތަ ވީޑިއޯ ސްޓްރީމް ކުރުން ފަދަ އާންމުކޮށް އިންޓަނެޓް ބޭނުން ކުރާ ކަންކަމަށް އެންމެ ފުރިހަމަ ޑޭޓާގެ ހިދުމަތް ދޭން ކަމަށް އުރީދޫން ބުންޏެވެ.