ޗައިނާއިން އުއިގުރޫ މުސްލިމުންނަށް ކުރަމުންދާ އަނިޔާތައް އދގެ ރިޕޯޓް އިން ފަޅާ އަރައިފި
ޗައިނާގެ ޝިންޖިއާންގް ޕްރޮވިންސްގައި ދިރިއުޅެމުން އަންނަ އުއިގޫރު މުސްލިމުންނަށް ޗައިނާއިން އެތައް ލާއިންސާނީ އަނިޔާތަކެއް ދީފައިވާ ކަމަށް އދ. އިން އާއްމު ކުރި ރިޕޯޓެއްގައި ބުނެފިއެވެ.
ޗައިނާއިންވަނީ އދ.ގެ އިންސާނީ ހައްޤުތަކާއި ގުޅޭ ކޮމިޓީން ނެރުނު މި ރިޕޯޓް ނެރުނިޔަ ނުދޭން ގިނަ މަސައްކަތްތަކެއްކޮށްފައެވެ.
ޗައިނާގެ މުސްލިމުން ކޭންޕްތަކެއްގައި ބަންދުކޮށްގެން، އެ މީހުން ލައްވާ އަޅު މަސައްކަތް ކުރުވާ، އެ މީހުންގެ ޙައްޤުތައް ނަގައިގަނެ، އެ މީހުންގެ އަޤީދާ ބަދަލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް އެންމެ ފުރަތަމަ ވާހަކަ ދެކެވެން ފެށީ 2016 ވަނަ އަހަރުގައެވެ. އޭރުން ފެށިގެން ޗައިނާއިން ދިޔައީ މި ވާހަކަތައް ދޮގު ކުރަމުންނެވެ.
އެ ރިޕޯޓުގައި ބަލާފައި ވަނީ އުއިގާ މުސްލިމުންނާއި ޗައިނާގެ އެހެން މަައިނޯރިޓީންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުގެ ތުހުމަތުތަކަށެވެ. ޗައިނާއިން އެ ތުހުމަތުތައް ދޮގުކުރެ އެވެ.
އެހެން ނަމަވެސް، އދ. ގެ ތަހުގީގީ ޓީމުން ބުނީ "ސައްހަ ހެކި" ފެނިފައިވާ ކަމަށާއި ގައުމީ ސަލާމަތާ ގުޅުން ހުރި ގާނޫނުތަކުގެ ބޭނުން ހިފަނީ މައިނޯރިޓީންނަށް އަނިޔާކުރަން ކަމަށް ތުހުމަތު ކުރި އެވެ.
ރާވައިގެން ހިންގާ ނިޒާމެއްގެ ތެރެއިން ދޭ އަނިޔާގެ ގޮތުގައި ޖިންސީ އަދި ޖިސްމާނީ އަނިޔާ އާއި ގަދަކަމުން ވަކި ކަހަލަ ސިއްހީ ޕްރޮސީޖާތައް ހެދުން މަޖުބޫރު ކުރުވުން ހިމެނޭ ކަމަށް ރިޕޯޓުގައިވެ އެވެ.
އދ. އިން ލަަފާދިނީ ގާނޫނީ އިމުގެ ބޭރުން ބަންދުކޮށްފައި ތިބި އެންމެން މިނިވަން ކުރަން ވަަގުތުން ފިޔަވަަޅު އެޅުމަށެވެ. އަދި ޗައިނާގެ ބައެއް އަމަލުތަކަކީ ބައިނަަލްއަގްވާމީ ކުށްތަކުގެ ގޮތުގައި ބެލެވިދާނެ ކަމަށް ބުންޏެވެ.
ބަންދުކޮށްފައި ތިބީ ކިހާ އަދަދެއްގެ މީހުންކަން ނޭނގޭ ކަމަށް އދ. އިން ބުނެ އެވެ. އެކަމަކު ޖަމިއްޔާތަަކުން ލަފާކުރާ ގޮތުގައި މިލިއަނަކަށް ވުރެ ގިނަ މީހުން ތިބީ ޝިންޖިއާންގައި ހަދާފައިވާ ކޭމްޕުތަކުގަ އެވެ.
ޝިންޖިއާންގައި އުއިގާ ދަރިކޮޅުގެ 12 މިލިއަަން މީހުން ދިރިއުޅޭ އިރު، އޭގެ ތެރެއިން ގިނަ މީހުންނަކީ މުސްލިމުންނެވެ.