ދުނިޔެ

ޗެންގްޑޫ ސިޓީ ލޮކްޑައުންއަކަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާ ސަރުކާރުން ގެންގުޅޭ ޒީރޯ ކޮވިޑް ސިޔާސަތުގެ ދަށުން 21 މިލިއަން މީހުންނާ އެކު ޗެންގްޑޫ ސިޓީ ލޮކްޑައުންކޮށްފިއެވެ.

Ads by WAMCO

އެ ސިޓީގެ 21 މިލިއަން މީހުން ގެއިން ބޭރަށް ނިކުތުން މަނާކޮށްފައިވާ އިރު، ޒަރޫރީ ތަކެތި ގަންނަން ގެއިން ބޭރަށް ނިކުމެވޭނީ ކޮންމެ ގޭބިސީއަކުން ވެސް އެކަކަށެވެ.

ބުރާސްފަތި ދުވަހު އެ ސިޓީއިން ކޮވިޑް 157 ކޭސް ރިޕޯޓު ކުރި އިރު، އޭގެ ތެރެއިން 51 ކޭސްގައި އެއްވެސް އަލާމާތެއް ނުފެނެއެވެ.

ޗައިނާއިން ގެންގުޅެނީ ކޮވިޑް އެއްކޮށް ނައްތާލުމުގެ ސިޔާސަތެކެވެ. އެހެންކަމުން، އެންމެ ކޭހެއް ފެނުނު ނަމަވެސް ހަރުކަށި ފިޔަވަޅުތައް އަޅައެވެ.

ނަމަވެސް އެ ސިޔާސަތާ ހެދި އިގްތިސާދީ ކުރިއެރުމަށް ހުރަސް އެޅި، އާއްމުންގެ ދިރިއުޅުމަށް ބުރޫ އަރާތީ ބައެއް މީހުން ހިތްހަމަނުޖެހުން ފާޅުކުރެއެވެ.

ޗެންގްޑޫ ލޮކްޑައުންކޮށް، އެ ސިޓީގެ އެންމެން ކޮވިޑަށް ޓެސްޓު ކުރަން ނިންމާފައިވެ އެވެ. އެހެން އެއްވެސް ސިޓީއަކުން މި ވަގުތު ޗެންގްޑޫއަށް ދަތުރު ނުކުރެވޭނެ ކަމަށް ވެސް އެންގިއެވެ.

ޗައިނާގެ ބައެއް އެހެން ހިސާބުތަކުގައި ވެސް ވަނީ ކޮވިޑާ ދެކޮޅަށް ފިޔަވަޅު އަޅާފައެވެ. އެގޮތުން ޝެންޒެން އާއި ދާލިއާން ފާހަގަކުރެވެއެވެ.

ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސްހިސާބް ދައްކާ ގޮތުން ކޮވިޑް ބަލިމަަޑުކަން ފެށުނު ފަހުން އެ ބަލި ޖެހިގެން ޗައިނާއިން މިހާތަނަށް މަރުވީ 15،000 މީހުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!