ދުނިޔެ

ޖާސޫސް ކުރާތީ ޗައިނާގެ ބޯޓުތައް ޓައިވާނުން ވައްޓާލަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާ ޑްރޯންތައް ޓައިވާން ސަރަހައްދަށް، ހާއްސަކޮށް ވަކިން އޮންނަ ރަށްތަކަށް އަރައި ޖާސޫސްކުރާ ކަމަށް ބެލެވޭތީ އެފަދަ ޑްރޯންތަކަށް ހަމަލާދިނުމަށް، ޑްރޯންނަށް ހަމަލާދޭ ބާވަތުގެ ބަޑިތަކެއް ބޭނުންކުރަން ފަށައިފި އެވެ.

Ads by Sosun Fihaara

ޓައިވާންގެ އަސްކަރިއްޔާއިން ބުނި ގޮތުން ވަކިން އޮންނަ ކިންމެން އަދި މަޒޫ ރަށްތަކާ ގާތްވާ ނަމަ ބަޑިޖަހައި ޑްރޯން ވައްޓާލެވޭނެ އެވެ.

ކިންމެން އާއި މަޒޫ ރަށްތައް އޮންނަނީ ޓައިވާންގެ ބެލުމުގެ ދަށުގަ އެވެ. އެކަމަކު އެއީ ޗާއިނާއާ ވަރަށް ގާތުގައި އޮންނަ ރަށްތަކެކެވެ.

ޗައިނާ ސިފައިން އެ ރަށްތަކަށް ޑްރޯން ފޮނުވަނީ ޓައިވާނަށް ބިރު ދައްކަން ކަމަށްވެސް ޓައިވާންގެ އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ. އެކަން ކޮންޓްރޯލް ކުރުމަށް އެ ރަށްތަކުގައި ތިބި ސިފައިންނަށް "އެންޓީ ޑްރޯން" ބަޑި ދީފައި ވާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

އެންޓި ޑްރޯން ބަޑި އަކީ ވަޒަނުން ހަލަލާދޭ ބަޑިއެއް ނޫނެވެ. އެއިން ކުރާ ކަމަކީ ޑްރޯންގެ ކޮންޓްރޯލް އޮޅުވާލުމެވެ. އެ ގޮތުގައި ޑްރޯން ކޮންޓްރޯލްކުރާ ބަޔަކަށް ކޮންންޓްރޯލް ގެއްލި އުޅަނދު ބިމަށް ނުވަތަ ކަނޑަށް ވެއްޓެނީ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!