ރާއްޖޭތެރޭ މީހުން މުނިފޫހިފިލުވަނީ ބަރަހަނާ ވީޑިއޯތައް ބަލައިގެންކަމަކަށް ފަޔާ ވިދާޅެއްނުވޭ: ނަޝީދު
ރާއްޖޭތެރޭގެ %80 މީހުން މުނިފޫހިފިލުވަނީ ބަރަހަނާ މަންޒަރުތައް ފެންނަ ވީޑިއޯތައް ބަލައިގެންކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޟް އިސްމާޢީލް ވިދާޅުނުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭތެރޭގެ ގިނަ މީހުން މާލެ އަންނަނީ ކުރާނެ ކަމެއް ނެތިގެން މުނިފޫހިފިލުވަންކަމަށް ނަޝީދު އިއްޔެ ވަނީ ވިދާޅުވެފައެވެ.
''ދިޔަރެސް'' ނޫހުން ރޭ ރިޕޯޓުކުރި ގޮތުގައި ފައްޔާޟް ވަނީ, ރާއްޖޭތެރޭގެ %80 މީހުން މުނިފޫހިފިލުވަނީ ބަރަހަނާ މަންޒަރުތައް ފެންނަ ވީޑިއޯތައް ބަލައިގެންކަމަށް ވިދާޅުވެފައެވެ. އެ ގޮތުން ދިޔަރެސްއިން ވަނީ އެމްޑީޕީގެ ވަޓްސްއެޕް ގުރޫޕުގައި ފައްޔާޟް އެ ވާހަކަ ދެއްކި މަންޒަރު ފެންނަ ސްކްރީން ޝޮޓެއް ޢާންމުކޮށްފައެވެ.
މިނިސްޓަރު ފައްޔާޟް އެހެން ވިދާޅުވިކަމަށް ބުނެ ދިޔަރެސްއިން ލިޔުނު ޚަބަރުގެ ލިންކް މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ހިއްސާކުރައްވައި މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ވިދާޅުވީ މިނިސްޓަރެއްގެ މަޤާމުގައި ހުންނަވައި އެފަދަ ވާހަކައެއް ދެއްކެވުމަކީ ލަދުވެތިކަމެއްކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ ދިޔަރެސްއަކީ ނޫހެއް ނޫން ކަމަށާއި, ކަނޑައެޅިގެން ދޮގު ހެދީމާ މަޖަލެއް ނޫން ކަމަށެވެ.
''ފަޔާ އެ ބާވަތުގެ ވާހަކައެއް ނުދައްކާ. ނަން ގެނައީ ވެސް އެހެން މީހެއް.'' ނަޝީދު ވިދާޅުވިއެވެ.
މާލޭ ބޮޑުންނަށް ނަސީބުކުޅީގައި އަވަދިނެތި އުޅެވެނީ ރާއްޖެތެރޭމީހުން މާލެފައިބާ މާލޭމީހުންގެ ގެދޮރުހަދައިދީ އެތަންތަނުގައިތިބެ ލިބޭހާ ލާރިއެއް ތިޔަބުނާ މާލޭމީހުންނަށް ދީގެންތިބޭތީ ޅޮސް ސޮހޮލުންހެން ތިބެ އަތުންފައިން ކުރާނެކަމެއް ނެތިގެން ނަސީބުކުޅިނޫން ކުޅިއެއް ކުޅެންނޭގޭތީތޯ؟ ރާއްޖެތެރެއަކަސް މާލެއަކަސް މިހާރަކު ތިއެއްޗެއް ބަލަން ބޭނުމިއްޔާ ބެލޭގޮތަށްހުރީ. ތިމާކުރާކަމެއް އެހެންމީހުން ކުރާކަމަށް ތުހުމަތުނުކޮށް ނަފުސު އިސްލާޙުކުރިއްޔާ މާތާހިރު!