ޚަބަރު ސިޔާސީ

އެމްޑީޕީއަށް އެނގެނީ ”ލާމަރުކަޒު“ މި ބަސް އެކަނި: ޝުޖާއު

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އިބްރާހިމް ޝުޖާއު / ފޮޓޯ: ދެން އިމޭޖްސް

އެމްޑީޕީއަށް އެނގެނީ ހަމައެކަނި ”ލާމަރުކަޒު“ މި ބަސް އެކަނި ކަމަށާއި, ޤާނޫނުގައި ލިޔެފަވަނީ ކީކޭކަން ލިޔާ މީހުންނަށް ވެސް ނޭނގޭކަމަށް މާލޭ ސިޓީގެ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޝުޖާއު މިހެން ވިދާޅުވީ ލާމަރުކަޒު ކުރުމުގެ ބޭނުމަކީ އެ ރަށެއްގެ މުއްސަދިކަން, އެ ރަށަކަށް ހޯދައިދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަލީ ނިޔާޒު ވިދާޅުވިކަމަށް މި ނޫހުން ރިޕޯޓުކުރި ޚަބަރާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ޝުޖާއު ވިދާޅުވީ މި މީހުންނަށް އެގެނީ ހަމައެކަނި ”ލާމަރުކަޒު“ މި ބަސް އެކަނި ކަމަށާއި, ޤާނޫނުގައި ލިޔެފަވަނީ ކީކޭކަން ލިޔާމީހުންނަށް ވެސް ނޭނގޭ ކަމަށެވެ.

ޤާނޫނުގައި ވަނީ މުނިސިޕަލް ޚިދުމަތް ދޭންވާނީ ކައުންސިލުން ކަމަށް ކަމަށާއި, ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ސިޓީ ކައުންސިލަށް ދިނުމަށް ލާމަރުކަޒު ކޮމިޓީގެ މުޤައްރިރު ވެސް ދެކޮޅުކަމަށް ޝުޖާއު ވިދާޅުވިއެވެ.

ފަނޯއްލަ އެއްނޫން ފަޅޯއޮނު ބޭއްވިޔަސް މިކަން އޮތީ ހަމަ މިހެން.'' ލ.ގަމުގައި ފެށިގެން ކުރިޔަށްދާ ފަނޯއްލަ ދަރުބާރު ސިލްސިލާގެ ހަތަރު ވަނަ ޕްރޮގްރާމަށް ޢިޝާރަތްކުރައްވައި ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ އެމްޑީޕީން ވަކާލާތު ކުރި ނިޒާމުގެ ބާރު ކައުންސިލުތަކަށް ނުދިން ކަމަށާއ ހުޅުމާލެއަކީ އޭގެ ހެއްކެއް ކަމަށެވެ. އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ސީއީއޯ އަފްޝަން ލަޠީފަށް ވެސް މި ދައްކާ ވާހަކަ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށާއި, ނަމަވެސް މާލޭ ސިޓީ ކައުންސިލުގައި ޕީޕީއެމްގެ މެޖޯރިޓީ އޮތުމުން ކައުންސިލަށް ދޭންޖެހޭ ބާރުވެރިަން ދީފައިނުވާކަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!