ކޮންފަރެންސްގެ ބޭނުމަކީ ކައުންސިލަރުންގެ ޝަކުވާތައް ސީދާ ސަރުކާރަށް ހުށަހަޅައިގެން ހައްލު ހޯދައިދިނުން: ނިޔާޒް

(ލ.ގަން) ލާމު ގަމުގައި ކުރިޔަށް ދިޔަ ފަނޯއްލަ ދަރުބާރުގެ ބޭނުމަކީ ކައުންސިލަރުންގެ ޝަކުވާތައް ސީދާ ސަރުކާރަށް ހުށަހަޅައިގެން, އެކަންކަމަށް ހައްލު ހޯދައިދިނުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރުކަން ވެސް ކުރައްވަމުންދާ ނިޔާޒް މިހެން ވިދާޅުވެފަައިވަނީ ފަނޯއްލަ ދަރުބާރު ނިންމަވާލެއްވުމަށްފަހު މިއަދު “ދެން” އަށް ދެއްވި އިންޓަރވިއުއެއްގައެވެ.
ނިޔާޒް ވިދާޅުވީ, މިގޮތަށް ބާއްވާ ކޮންފަރެންސްތަކުން ކައުންސިލަރުންގެ ޝަކުވާތައް ސީދާ ސަރުކާރަށާއި ސިޔާސަތު ބަދަލު ކުރަން ތިއްބަވާ ފަރާތްތަކަށް އަޑު އިވިގެންދާނެ ކަމަށެވެ.
“މިފަދަ ކޮންފަރެންސްތަކުން އަޅުގަނޑުމެންނަށް އެބަ އިނގޭ ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތަކަކީ ކޮބައިކަން.” ނިޔާޒް ވިދާޅުވީ, މިފަހަރުގެ ކޮންފަރެންސުން ވެސް ގިނަ ކަންކަމެއް މަޝްވަރާ ކުރެވިގެން ވިއަވަތި ކޮންފަރެންސަށް ހުށަހެޅިގެންދާނެ ކަމަށެވެ.
ރަައީސް ޞާލިޙާއި ކެބިނެޓް އަދި ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ބައިވެރިވެ ވަޑައިގަންނަވާ ވިއަވަތި ކޮންފަރެންސް މާދަމާ ހެނދުނު ގަމުގައި ފެށިގެންދާނެއެވެ.
ނިޔާޒް ވިދާޅުވީ, މިއަދު ހުށަހެޅުނު އިސްލާޙްތައް ވިއަވަތި ކޮންފަރެންސަށް ހުށަހެޅޭނެ ކަމަށާއި ކުރީގެ ކޮންފަރެންސްތަކުގެ ނަތީޖާތައް ބަލާ, ޝަކުވާތައް ހައްލުވާނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި ޤާނޫނަށް ގެނަން ޖެހޭ އިސްލާހެއް އޮތްނަމަ އެ މަސައްކަތް މަޖިލީހުގެ ތެރެއިން ކުރައްވާނެ ކަމަށާއި ޤާނޫނަށް ބަދަލު ގެންނަން ވިސްނަވަނީ ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު އެންމެ ފަހުގެ ނިންމުމެއްގެ ގޮތުގައި ކަމަށެވެ.
އަޅުގަނޑުމެން އަބަދުވެސް ޤަބޫލު ކުރާ ވާހަކައެއް ޤާނޫނަށް ބަދަލު ގެންނަން ވާނީ އެންމެ ފަހުން. މި ޤާނޫނަކީ ވެސް ވަރަށް ގިނަ ބައެއްގެ ބައިވެރިވުމާއެކު, ވަރަށް ގިނަ އިސްލާޙްތަކެއް ގެނެސްނިޔާާޒް ވިދާޅުވީ ޤާނޫނުގައި އެއްޗެއް ލިޔެގެން ތަންފީޒެއް ނުވާނެ ކަމަށާއި, ތަންފީޒް ކުރަންތިބި ފަރާތްތަކާއި މަޝްވަރާތަކެއް ކުރެވެން ޖެހޭ ކަމަށެވެ. މިއަދު އެކުރަމުންދަނީ އެ މަސަކަތްކަން ފާހަގަ ކުރެއްވިއެވެ. މިއަހަރުގެ ކޮންފަރެންސްގައި ކައުންސިލަރުންގެ ބައެއް ޝަކުވާތަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ނިޔާޒް ވިދާޅުވީ, ހުރިހާ ކައުންސިލްތަކިގެ ވެސް މައިގަނޑު އެއް ޝަކުވާއަކީ މާލީ ފުދުންތެރިކަން ނެތުން ކަމަށާއި އެކަމަށް ހައްލު ހޯދުމަށް މަޝްވަރާތަކެއް ކުރެވިގެން ދިޔަ ކަމަށެވެ.






ކޮމެންޓް