Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ފެނަކަ އިންޖީނުގެ ހުންނަ ބިމުން ކުލި ނަގަން ފަށައިފިނަމަ އެކަމުގެ އަސަރު ކަރަންޓް ބިލަށް ކުރާނެ: ސައީދު

ފެނަކަ އިންޖީނުގެ ހުންނަ ބިމުން ކުލި ނަގަން ފަށައިފިނަމަ އެކަމުގެ އަސަރު ކަރަންޓް ބިލަށް ކުރާނެ: ސައީދު
(ލ. ގަން) އަތޮޅު ތެރޭގެ ގިނަ ރަށްރަށަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ސަރުކާރުގެ ކުންފުނި، ފެނަކަ ހިންގަން ރަށްތަކުން ދޫކޮށްފައިވާ ބިމަށް ކުލި ނަގަން ފަށައިފިނަމަ، އެކަމުގެ އަސަރު ކަރަންޓް ބިލަށް ކުރާނެ ކަމަށް އެ ކުންފުނީގެ މެނޭޭޖިން ޑިރެކްޓަރ އަޙްމަދު ސައީދު މުޙައްމަދު ވިދާޅުވެއްޖެއެވެ. ސައީދު މިހެން ވިދާޅުވީ، ލ. ގަމުގައި މިހާރު ކުރިޔަށްދާ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ދަށުން ސަރުކާރުގެ ކުންފުނިތަކުގެ ވެރިންނާއި، ކައުންސިލުތަކުންނާއި ޑަބްލިއުޑީސީތަކުން ބައިވެރި ބައްދަލުވުމެއްގައި ބައިވެރިޔަކު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ކައުންސިލްތަކުގެ ޝަކުވާ ހިއްސާ ކުރަމުން ކައުންސިލަކު ވަނީ ފެނަކަ ހިންގުމަށް ގިނަ ރަށްތަކުން ބޮޑެތި ބިންތަކެއް ކުއްޔަކާ ނުލާ ހިލޭ ދޫކޮށްފައިވާތީ، އެ ބިންތަކުން ކުލި ނަގަން ފެންނަ ކަމަށް ވިދާޅުވެފައެވެ. މި ސުވާލުގެ ޖަވާބު ދެއްވަމުން ސައީދު ވިދާޅުވީ، އެފަދަ ގޮތަކަށް ކަންތައްކޮށްފިނަމަ އެކަމުގެ ނޭދެވޭ އަސަރު ސީދާ ރައްޔިތުންނަށް ކުރާނެ ކަމަށެވެ. "އަޅުގަނޑު ވެސް ޤަބޫލުކުރަން ބިންތަކުން ކުލި ނެގުމުގައި ސިޔާސަތެއް އޮތުމަކީ ރަނގަޅު ކަމެއް. ސުވާލަކީ އޭގެ ސަބަބުން ދެން ކަރަންޓް ބިލަށް ވާނީ ކިހިނެތް ބާއޭ." ސައީދު ވިދާޅުވިއެވެ. ސައީދު ވިދާޅުވީ ފެނަކައިން ފޯރުކޮށްދެމުން އަންނަ ކަރަންޓްގެ ޚިދުމަތަކީ ވަރަށް ބޮޑަށް ސަރުކާރުން ސަބްސިޓައިޒްކޮށްގެން ދެމުން ގެންދާ ޚިދުމަތެއް ކަމަށާއި ސަރުކާރުގެ އަމާޒަކީ ވީހާ ވެސް ހެޔޮ އަގެއްގައި ކަރަންޓް ފޯރުކޮށްދިނުން ކަމަށެވެ. އަދި އެ ކުންފުނިން ދެމުން ގެންދަނީ ޚިދުމަތެއް ކަމަށާއި، އެއީ ވިޔަފާރި ކުންފުންޏެއް ނޫން ކަމަށް ވިދާޅުވިއެވެ. "ފެނަކައަކީ ސާވިސްއެއް ޕްރޮވައިޑްކޮށްދޭ ކުންފުންޏެއް، ބިޒްނަސްއެއް ކުރާ ކުންފުންޏެއް ނޫން" ސައީދު ވަނީ ތަކުރާރުކޮށް ފެނަކަ ހިންގަމުން އަންނަ ބިމުން ކުލި ނެގުމުގެ ވާހަކަ ކައުންސިލްތަކުން ދައްކާތީ އެކަމުގެ ބޭނުމަކީ ކޮބައިތޯ ސުވާލު އުފައްދަވާފައެވެ.
ތަކުރާރުކޮށް، ފެނަކައިން ހިންގާ އިންޖީނު ގެއިންނާއި އޮފީހުން ބިމު ކުލި ނަގަން ތިބޭފުޅުން ޚިޔާލުފާޅު ކުރަމުންދާއިރު ކޮބައިތޯ ބޭނުމަކީ؟ ސިއްޙީ މަރުކަޒާއި ހޮސްޕިޓަލާއި ހަމަ އެބޭފުޅުން ވެސް އާސަންދަ މެދުވެރިކޮށް ބޮޑު ޗާޖެއްކޮށްލާނެ ޑޮކްޓަރަށް ދެއްކެވިޔަސް. އެހެންވީމަ މިއީ ވަރަށް ފުޅާކޮށް މަޝްވަރާ ކުރަން ޖެހޭ ކަމެއް
[caption id="attachment_162084" align="alignnone" width="1024"] ރޭގެ ބައްދަލުވުމުގެ ތެރެއިން.. ދެން އިމޭޖްސް[/caption] ސައީދު އިތުރަށް ވިދާޅުވީ، ފެނަކައިގެ ސަބަބުން ހަޤީޤަތުގައި ރަށްތަކުގައި ގިނަ ވަޒީފާތަކެއް އުފެދޭ ކަމަށާއި އެއީ ކުލި ނަގައިގެން ކުރުމަށްވުރެ ރަށަށް ލިބޭ މާބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި ފެނަކައިގެ ހިންގުން ކޮންމެ ރަށެއްގައި މަދު ބައެއް ލައިގެން ކުރެވިދާނެ ކަމަށާއި ނަމަވެސް ކޮންމެ ރަށެއްގައި 20-30 މުވައްޒިފުންނާއެކު މަސައްކަތް ކުރަމުން އަންނަނީ ރަށުގެ ރައްޔިތުންނަށް ވަޒީފާ ހޯދައިދޭން ކަމަށް ވިދާޅުވިއެވެ. "ޙަޤީޤަތަކީ އޭގެ ނިޒާމެއް ބަލަހައްޓާލެވިދާނެ މަދު ބަޔަކު ލައިގެން. އެހެން ނަމަވެސް ސަރުކާރުގެ ސިޔާސަތަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް، ލިބެން އޮތް މަދު ވަސީލަތްތައް ބޭނުންކޮށްގެން ވަޒީފާގެ ފުުރުސަތުތައް އިތުރުކުރުން" ސައީދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް