ރައްޔިތުންގެ މަޖިލިސް

ޖީއެސްޓީ ބޮޑުކުރަން މަޖިލީހަށް ހުށަހަޅައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓޫރިޒަމް ދާއިރާގެ ޚިދުމަތްތަކުން ނަގާ ޖީއެސްޓީއާއި އެނޫން ދާއިރާތަކުގެ މުދަލާއި ޚިދުމަތުގެ އަގުންނަގާ ޖީއެސްޓީގެ ރޭޓު މަތިކުރުމަށް މުދަލާއި ޙިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާހެއް ގެންނަށް ހުށަހަޅައިފއެވެ.

Ads by Sosun Fihaara

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން ހުށަހަޅާފައިވާއިރު، މި ބިލަކީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއު ސްޕޮންސަރކޮށް ހުށަހަޅާފައިވާ ބިލެކެވެ.

މި ބިލަށް އިޞްލާހު ގެނައުމުގެ މައިގަނޑު ބޭނުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ދައުލަތުގެ ޚަރަދުގެ ސިޔާސަތު ތަކާއި، ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ، އާމްދަނީން ރިކަރަންޓް ޚަރަދުތައް ހަމަނުޖެއްސޭނެކަމަށް ފާހަގަކުރެވިފައިވާތީ، ދައުލަތުގެ ރިކަރަންޓް ޚަރަދުތައް ދައުލަތައް ލިބޭ އާމްދަނީން ހަމަޖެއްސުމަށްޓަކައި ދައުލަތައް ލިބޭ އާމްދަނީ އިތުރު ކުރުން ކަމުގައެވެ.

އެގޮތުން ހުށަހަޅާފައި މިވާ އިޞްލާޙުގައި ވަނީ ޓުވަރިޒަމް ދާއިރާއާއި ގުޅުން ހުރި އެއްމެހާ ޚިދުމަތްތަކަށް ޖީއެސްޓީ މިހާރު ނެގެމުންދާ ރޭޓުކަމަށްވާ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑުކުރުމަށް އެދިފައެވެ

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!