ފުލުހުންނަށް ހަމަލާދިން މައްސަލައިގައި ފަސް މީހަކު ހައްޔަރަށް

ތިން ފުލުހަކަށް ހަމަލާދިން މައްސަލާގައި އިތުރު ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އެ ފަސް މީހުން މިރޭ ހައްޔަރުކޮށްފައިވަނީ ފިލައިގެން ތިއްބާ ކަމަށެވެ. އަދި ރާވައިގެން ހިންގާ ގޭންގް ކުށްތައް ހުއްޓުވަން ފުލުހުން ކުރާ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.
އެ ތިން ފުލުހުންނަށް ގޭންގަކުން ހަމަލާދީފައިވަނީ މިދިޔަ ހުކުރު ދުވަހު ހެނދުނު 11:50 ހާއިރު މަޖީދީ މަގުގައި ހުންނަ ޔޫރޯ ސްޓޯރް ކުރިމަތިންނެވެ. އެ މައްސަލައާ ގުޅިގެން ފުލުހުން މީގެކުރިން ވަނީ ތިން މީހަކު ހައްޔަރުކޮށއެވެ.
އެ ފުލުހުންނަށް ހަމަލާދީފައިވަނީ ރަސްމީ ޑިއުޓީން ބޭރުގައި އުޅެނިކޮށެވެ.