ދުނިޔެ

ޗައިނާއިން މުސްލިމުންނަށް ކުރާ އަނިޔާ ތަޙްޤީޤު ކުރުމަށް ގޮވާލާ ޕެޓިޝަނެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއިން އުއިގާ ދަރިކޮޅުގެ މުސްލިމުންނަށް ކުރާ ލާއިންސާނީ އަނިޔާތައް ތަހުގީގު ކުރުމަށް ގޮވާލާ ޔޫރަޕިއަން ޕާލިމެންޓު މެމްބަރުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޕްރޮސެކިއުޓާ ކަރިމް ޚާންއަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

Ads by Sosun Fihaara

ޔޫރަޕިއަން ޕާލިމެންޓުގެ 38 މެމްބަރުން ސޮއިކުރައްވާ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓަށް ހުށަހެޅި މި ޕެޓިޝަނުގައި ބުނެފައިވަނީ ޗައިނާއިން ފާޅުގައި އާއި ސިއްރުން އުއިގާ މުސްލިމުންއަށް ލާއިންސާނީ އަނިޔާތައް ކުރަމުން އަންނަ ކަމަށާއި، މިކަން މިނިވަންކަމާއެކު އެންމެންއަށް ހުޅުވާލައިގެން ތަހުގީގު ކުރުމަށް ގޮވާލާ ކަމަށެވެ.

ޔޫރަޕިއަން ޕާލިމެންޓް މެމްބަރުން ވަނީ މީގެ ކުރިން އދ. އަށްވެސް މިކަމާއި ގުޅިގެން ޕެޓިޝަނެއް ހުށަހަޅައިފައެވެ. އެ ޕެޓިޝަނުގައި ބުނީ ޗައިނާގެ އަމަލުތަކަކީ ކަނޑައެޅިގެން ގާނޫނާއި ގަވާއިދާ ޚިލާފު އަމަލުތަކެއް ކަމަށާއި، ޗައިނާގައި ދިރިއުޅޭ އުއިގާ މުސްލިމުންނަށް އެގައުމުގައި ރައްކަލެއް ނެތް ކަމަށެވެ. އަދި މިކަން ތަހުގީގުކޮށް ކުއްވެރިކުރުމަށް ގޮވާލާ ކަމަށް ބުނެފައިވެއެވެ.

އދ. ހައިކޮމިޝަނުން އުއިގާ މުސްލިމުންގެ މައްސަލައިގައި ބަޔާނެއް ވަނީ ނެރެފައެވެ. އެ ބަޔާނުގައި ވާގޮތުން ޗައިނާގައި ދިރިއުޅޭ އުއިގާ މުސްލިމުންނަށް ލާއިންސާނީ އަނިޔާ ދެމުން އަންނަ ކަން ވަނީ ހާމަވެފައެވެ.

އެކަމާ ގުޅިގެން ޗައިނާއިން ބުނީ އުއިގާ މުސްލިމުންގެ މައްސަލައިގައި އދ. ހައިކޮމިޝަނުން ނެރުނު ބަޔާނުގައި ހިމަނާފައިވަނީ ކަނޑައެޅިގެން ދޮގު މައުލޫމާތުތަކެއް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!