ޚަބަރު ވިޔަފާރި

ސްޓެލްކޯއިން އިތުރު 14 ރަށެއްގެ މަގުބައްތި ބެލެހެއްޓުމުގެ މަސައްކަތާ ހަވާލުވެއްޖެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ އަހްމަދު ޝަރީފް/ ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯއިން ދެ އަތޮޅެއްގެ 14 ރަށެއްގެ މަގުބައްތި ބެލެހެއްޓުމުގެ މަސައްކަތާ ހަވާލުވެއްޖެއެވެ.

Ads by MWSC

އެ ރަށްތަކުގެ ކައުންސިލުތަކާއެކު ސްޓެލްއިން އިއްޔެ ވަނީ އެ މަސައްކަތާ ހަވާލުވުމުގެ އެމްއޯޔޫގައި ސޮއިކޮށްފައެވެ.

އޭގެތެރޭގައި ހިމެނެނީ އއ.އަތޮޅުގެ ފަސް ރަށާއި, އދ.އަތޮޅުގެ ނުވަ ރަށެވެ.

އއ.އަތޮޅުގެ ރަށްތަކުގެ ތެރޭގައި ހިމެނެނީ މަތިވެރިއާއި, ބޮޑުފޮޅަދުއާއި, ފެރިދުއާއި, މާޅޮހާއި, ހިމަންދުއެވެ.

އދ.އަތޮޅުގެ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހަންޏާމީދުއާއި, އޮމަދުއާއި, ކުނބުރުދޫއާއި, މަހިބަދޫއާއި, މަންދުއާއި, ދިގުރަށާއި, ދަނގެއްޗާއި, ދިއްދުއާއި ފެންފުށްޓެވެ.

ސްޓެލްކޯއިން މިދިޔަ މަހުގެ 29 ވަނަ ދުވަހުވެސް ވަނީ އއ.އަތޮޅުގެ ތިން ރަށެއްގެ މަގު ބައްތިތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ހަވާލުވެ އެ ރަށްތަކުގެ ކައުންސިލުތަކާއެކު އެމްއޯޔޫގައި ސޮއިކޮށްފައެވެ.

އެ ތިން ރަށަކީ ރަސްދުއާއި, ތޮއްޑުއާއި, އުކުޅަހެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!