ޚަބަރު ރައްޔިތުންގެ މަޖިލިސް

ގޭންގަކުން ފުލުހުންނަށް ދިން ހަމަލާއާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މި މަހުގެ 09 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓު ޑިޕާޓްމަންޓުގެ ތިން ފުލުހަކަށް ގޭންގަކުން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.

Ads by STELCO

މި މައްސަލަ ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު ޖާބިރެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މައްސަލަ ހުށަހަޅުއްވަމުން އޭނާ ވިދާޅުވީ ތިން ފުލުހަކަށް ހަމަލާދީ ޒަޚަމްކޮށްލި މައްސަލައަކީ ގޭންގުތަކުން ރާވައިގެން ފުލުހުންނަށް ދެމުން އަންނަ ހަމަލާތަކަށް އިތުރުވި ނުރައްކާތެރި ބޮޅެއް ކަމަށެވެ. އެ ހަމަލާދިން ފަރާތްތައް ހައްޔަރުކޮށްފައިވީ ނަމަވެސް, މިއީ ވަރަށް ނުރައްކާތެރި އެހާމެ ސީރިއަސްކަމާއެކު ބަލައި ދިރާސާކޮށް, ހައްލު ހޯދަންޖެހޭކަމެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ މުޖުތަމަޢުގެ ސަލާމަތަށް މަސައްކަތްކުރާ މީހުންނަށް ރައްކާތެރިކަމެއް ނެތްއިރު, ރައްޔިތުންނަށް އޮތީ ރައްކާތެރިކަމެއްތޯ ސުވާލު އުފައްދައިިފައެވެ.

ޖާބިރު ވަނީ މި މައްސަލައަށް ބަހުސްކޮށް ހައްލު ހޯދުމަށް ގޮވައިލައްވައިފައެވެ. ޖާބިރުގެ މައްސަލަ މަޖިލީހަށް ބަލައިގަނެ މިހާރު ވަނީ ބަހުސް ފަށާފައެވެ. އެ މައްސަލަ މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 39 މެންބަރުންގެ އިއްތިފާގުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!