ދުނިޔެ

ޗައިނާއިން މުސްލިމުންނަށް ކުރާ އަނިޔާ ބެލުމަށް ގޮވާލާ އދއަށް ޕްރެޝަރ ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއިން އުއިގާ ދަރިކޮޅުގެ މުސްލިމުންނަށް ކުރާ ލާއިންސާނީ އަނިޔާތައް ތަހުގީގު ކުރުމަށް ޔުނައިޓެޑް ނޭޝަންސްއަށް ގޮވާލާ، އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުންނާއި ޑިޕްލްމެޓުން ޕްރެޝަރު ކުރަން ފަށައިފިއެވެ.

Ads by Sosun Fihaara

ފިޔަވަޅު އެޅުމަށް ގޮވާލާފައިވަނީ އދ.ގެ އާންމު މަޖިލީހުގެ އަހަރީ ބައްދަލުވުމަށް ދުނިޔޭގެ ލީޑަރުން ނިއުޔޯކް ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އދ. ހައިކޮމިޝަނުން އުއިގާ މުސްލިމުންގެ މައްސަލައިގައި ބަޔާނެއް ވަނީ ނެރެފައެވެ. އެ ބަޔާނުގައި ވާގޮތުން ޗައިނާގައި ދިރިއުޅޭ އުއިގާ މުސްލިމުންނަށް ލާއިންސާނީ އަނިޔާ ދެމުން އަންނަ ކަން ވަނީ ހާމަވެފައެވެ.

އެކަމާ ގުޅިގެން ޗައިނާއިން ބުނީ އުއިގާ މުސްލިމުންގެ މައްސަލައިގައި އދ. ހައިކޮމިޝަނުން ނެރުނު ބަޔާނުގައި ހިމަނާފައިވަނީ ކަނޑައެޅިގެން ދޮގު މައުލޫމާތުތަކެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!