ދުނިޔެ

ޗައިނާގެ ޖަސްޓިސް މިނިސްޓަރަށް އުމުރު ދުވަހުގެ ހުކުމެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރިޝްވަތު ނެގުމުން ޗައިނާގެ ކުރީގެ ޖަަސްޓިސް މިނިސްޓަރު ފޫ ޝެންގްހުއާ އުމުރަށް ޖަލަށް ހުކުމްކޮށްފިއެވެ.

Ads by WAMCO

ޝެންގްހުއާއަކީ ކޮރަޕްޝަނާ ދެކޮޅަށް ޗައިނާ ސަރުކާރުން ހިންގި ބައެއް ކެމްޕެއިންތަކުގަައި އެންމެ އިސްކޮށް ހަރަކާތްތެރިވި އޮފިޝަލެވެ.

ރިޝްވަތުގެ ގޮތުގައި 14.7 މިލިއަން ޑޮލަރުގެ ހަދިޔާ އަދި ނަގުދު ފައިސާގައި ހިފި ކަމަށް އޭނާ އިއުތިރާފުވީ މިދިޔަ ޖުލައި މަހުއެވެ.

ބުރާސްފަތި ދުވަހު ޗަންގްޗުންގެ ކޯޓުން އޭނާއަށް މަރުގެ ހުކުމެއް އިއްވައި، ދެ އަހަރަށް ފަހު އެ ހުކުމް ޖަލު ބަންދަށް ބަދަލު ކުރަން ކަނޑައެޅިއެވެ.

ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސް އަންނަ މަހު އޮންނަ އިރު، އިސް އޮފިޝަލުންގެ ގިނަ މައްސަލަތަކެއް ވަނީ ކުއްލިއަކަށް ފެންމަތިވެފައެވެ.

ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސް ބާއްވަނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު އެވެ. މި ފަހަރުގެ ކޮންގްރެސްގައި ޝީ ޖިންޕިން ތިން ވަނަ ދައުރަކަށް ރައީސްކަމުގައި ބަހައްޓަން ފާސްކުރާނެ ކަމަށް ބެލެވެއެވެ.

މި ހަފްތާގެ ތެރޭގައި ޝެންގްހުއާގެ އިތުރުން ވެސް އެހެން އޮފިޝަލުންތަކަކަށް ކޮރަަޕްޝަންގެ ކުށުގައި ހުކުމް ކުރި އެވެ. އެ އެންމެންނަކީ ވެސް ޝީއަށް ބޭވަފާތެރި މީހުން ކަމަށް އަޑު ފެތުރިފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!