ޚަބަރު އޭޝިއާ

މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ.ޔޫސުފް އަލް ޤަރަޟާވީ އަވަހާރަވެއްޖެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުސްލިމް ބްރަދަހުޑްގެ ރޫހާނީ ލީޑަރު ޑރ.ޔޫސުފް އަލް ޤަރަޟާވީ މިއަދު އަވަހާރަވެއްޖެއެވެ.

Ads by STELCO

1926 ވަނަ އަހަރުގެ ސެޕްޓެމްބަރު 09 ގައި މިޞްރަށް އުފަންވެވަޑައިގެންނެވި ޤަރަޟާވީ އަވަހާރަވީ އުމުރުފުޅުން 96 އަހަރުގައެވެ.

އިސްލާމްދީނަށް ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ޤަރަޟާވީ ވަނީ 120 އަށްވުރެ ގިނަ ފޮތް ޝާއިޢުކުރައްވާފައެވެ. އޭނާ ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކަށް ބައިނަލްއަގުވާމީ 8 އިނާމެއް ވެސް ވަނީ ލިބިވަޑައިގެންފައެވެ.

ޤަރަޟާވީ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ އަލްޖަޒީރާއިން ގެނެސްދިން އޭނާގެ ޕްރޮގްރާމް "ޝަރީޢާ އެންޑް ލައިފް" އިންނެވެ.

Ads by Allied Insurance
  1. ޚހަދހެެޖަ

    ީނނަލިލލަހި އަިނނަަިލސިހިރަަޖިުޮޮނ.