ދުނިޔެ

ޕާކިސްތާނުގެ ފިނޭންސް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
FILE PHOTO: Miftah Ismail, Pakistan's Federal Minister for Finance and Revenue, speaks during an interview with Reuters in Islamabad, Pakistan, September 18, 2022. REUTERS/Salahuddin

ޕާކިސްތާންގެ ފައިނޭންސް މިނިސްޓަރު މިފްތާހް އިސްމާއީލް ވަކި ސަބަބެއް ވިދާޅުނުވެ އިސްތިއުފާ ދެއްވައިފިއެވެ.

Ads by Creative Network

ފައިނޭންސް މިނިސްޓަރުގެ މަގާމުން އޭނާ އިސްތިއުފާ ދެއްވިއިރު ޕާކިސްތާން އޮތީ އިގުތިސޯދީ ގޮތުން ވަރަށް ދަތި ނިކަމެތި ހާލަތެއްގައެވެ.

މިފްތާހް އިސްމާއީލް ވަކި ސަބަބެއް ވިދާޅުނުވި ނަމަވެސް، އިސްތިއުފާ ދެއްވި ސަބަބު ކަމަށް ބެލެވެނީ ވެރިކަންކުރާ ޕާޓީގެ އިސް މެމްބަރުންގެ މެދުގައި އޭނާއާ ބެހޭ ގޮތުން ދެކެވުނު ވާހަކަތަކެވެ.

ލީކުވެފައި ހުރި އޯޑިއޯތަކުން އޯޑިއޯއެއްގައި އަންހެނަކާއި ފިރިހެނަކު މިފްތާހް އިސްމާއީލްއާ ބެހޭ ގޮތުން ވާހަކަދައްކާ އަޑުއިވެ އެވެ. އެއީ ޕާކިސްތާންގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް އާއި ވެރިކަންކުރާ ޕާޓީގެ ނައިބު ރައީސް މަރްޔަމް ނަވާޒްގެ އަޑު ކަމަށް ބެލެވެއެވެ.

މި ދެބޭފުޅުން ދެއްކެވި ވާހަކާގައި މިފްތާހް އިސްމާއީލްއާ ބެހޭ ގޮތުން މަރްޔަމް ނަވާޒް ވަަރަށް ބޮޑަށް ޝަކުވާ ކުރައްވަ އެވެ. އަދި މިފްތާހް އަށް ނިސްބަތް ކުރައްވައި އޭނާއަށް ކުރެވޭ ނުކުރެވޭ ކަމެއްވެސް އެނގިވަޑައިނުގަންނަވާ ކަމަށް މަރްޔަވް ނަވާޒް ވިދާޅުވިއެވެ.

މަރްޔަމް ނަވާޒް ދެއްކެވި ވާހަކައިން ދޭހަވަނީ ފައިނޭންސް މިނިސްޓާރުގެ މަގާމަށް މިފްތާހް ކުފޫހަމަނުވާ ކަމެވެ.

މިފްތާހް އިސްމާއީލް އަށް ވުރެ އިޝްހާގް ދަރު، ޕާކިސްތާންގެ ކުރީގެ ފައިނޭންސް މިނިސްޓަރު، އެ މަގާމަށް ކަމުދާނެ ކަމަށް ވެސް މަރްޔަމް ނަވާޒް ވިދާޅުވެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!