ޚަބަރު އިޖުތިމާޢީ

އަމީނީމަގުން ގަސް ކަނޑާ މައްސަލަ ހުއްޓުވަން ނަޝީދު ކޯޓަށް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

އަމީނީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން އެ މަގުގައި ހުރި ގަސްތައް ކަނޑާ މައްސަލަ ހުއްޓުވަން ކޯޓަށް މައްސަލަ ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ތައްޔާރުވެއްޖެއެވެ.

Ads by Hajj Corporation

ޒަމާނީ ފެންވަރަށް އަމީނީމަގު ތަރައްޤީކުރުމުގެ މަޝްރޫޢު ފެށީ މިދިޔަމަހުގެ 30 ގައެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކޮށްފައިވާ އެ މަޝްރޫޢުގެ މަސައްކަތް ފަށާފައިވާއިރު ދަނީ އެ މަގުގައި ހުރި ބޮޑެތި ހިޔާދޭ ގަސްތައް ކަނޑަމުންނެވެ.

ރައްޔިތުން މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ނަޝީދު ވަނީ ދެ ދުވަހެއްގެ މަތިން އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

''އަޅުގަނޑު މީގެ ކުރީ ދުވަހެއްގައި އަމީނީމަގުގައި ގަސްތައް ނަގަމުންދާ ވާހަކަ ދެންނެވިން. ދެން އަޅުގަނޑު ހިތުން އެ ކަންބޮޑުވުމަކީ މާލޭގައި ދިރިއުޅޭ ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމެއް. އަޅުގަނޑު އުންމީދު ކުރަނީ އެ ކުންފުނިންނާއި ސަރުކާރުގެ ޕްލޭނިންގ މިނިސްޓްރީން މިކަމަށް އިތުރ ވިސްނުމަކަށް ވަޑައިގަންނަވާނެ ކަމަށް. އެހެންނޫންނަމަ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ޝަރީޢަތަށް ދިޔުން ނޫން ގޮތެއް މި ކަމުގައި ޙަޤީޤަތުގައި ނެތް.'' ނަޝީދު ވިދާޅުވެފައި ވެއެވެ.

ޝުނާނާ އެންޑް ކޯ ލޯ ފާމުން މިއަދު ބުނީ އެ ފާމުގެ މުވައްކިލު ނަޝީދުގެ ފަރާތުން މާދަމާ ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށެވެ.

ކޯޓަށް މައްސަލަ ހުށަހަޅަނީ އަމީނީ މަގުން ގަސްތައް ކެނޑުން ނުހުއްޓުވައިފިނަމަ ތިމާވެށްޓަށް އިއާދަ ނުކުރެވޭނެވަރުގެ ގެއްލުންވާނެތީ ކަމަށާއި, އެކަން ހުއްޓުވަން ވަގުތީ އަމުރަކަށް ވެސް އެދޭނެކަމަށް ވެސް ޝުނާނާ އެންޑް ކޯ ލޯ ފާމުން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!