އަލަމްގިރިއަށް ޙުކުމްކުރުން މާދަމާ

ގިނަ އަދަދެއްގެ ދިވެހިންނާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ބަނގްލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރް (އަލަމްގިރި) ގެ މައްޗަށް ފަހުން އުފުލި 40 ދަޢުވާއަށް ޙުކުމްކުރުމުގެ އަޑުއެހުން މާދަމާ ބާއްވަން ތާވަލުކޮށްފިއެވެ.
މާލޭގެ އެޕާޓްމަންޓެއްގައި ގިނަ ބަޔަކާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގައި އެ މަންޒަރުތައް ސިއްރުން ރެކޯޑްކުރި މައްސަލައިގައި އަލަމްގީރުގެ މައްޗަށް އުފުލީ އޮރިޔާން ކާޑު ހެދުމުގެ ކުށުގެ 40 ދަޢުވާއެވެ. އެ ދަޢުވާތައް އުފުލީ ޤާނޫނުލްޢުޤޫބާތުގެ 622 ވަނަ މާއްދާގެ (ހ) ގެ 7 ވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ބ) ގެ 2 ވަނަ ނަންބަރުގެ ދަށުންނެވެ.
މި މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި އޮތީ ދައުލަތާއި އަލަމްގިިރިގެ ފަރާތުން އަދަބާ ބެހޭ ގޮތުން ވާހަކަ ދެއްކުމެވެ. އަދި މާދަމާ ޙުކުމް ކުރުމަށް ތާވަލުކޮށް މިއަދުގެ އަޑުއެހުން ނިންމައިލީކަމަށް ކްރިމިނަލް ކޯޓުން މަޢުލޫމާތު ދެއެވެ.
އަލަމްގިރިއަށް ކުރާ 40 ދަޢުވާއަށް އޭނާ އިޢުތިރާފުވެފައިވާތީ ކޮންމެ ދަޢުވާއަކަށް އަންނާނީ 2 އަހަރާއި 11 މަހާއި 15 ދުވަހުގެ ޖަލު ޙުކުމެއްކަމަށް ޕީޖީން ބުނެފައިވެއެވެ.
އަލަމްގިރިގެ މައްޗަށް މީގެކުރިން އެއް ޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ތިން ދަޢުވާ އުފުލިއިރު, އެ ދަޢުވާތަކަށް އޭނާ ވަނީ އިޢުތިރާފުވެފައެވެ. އެ ގޮތުން ކުށް ސާބިތުވާކަމަށް ކަނޑައަޅައި މިދިޔަ މަހުގެ 31 ގައި ކޯޓުން ޙުކުމް އިއްވީ ހަތް މަހާއި, ހަ ދުވަހަށް އޭނާ ޖަލަށްލުމަށެވެ.
ހެޔޮނުވާނެ ކޮންމެ ހުކުމަކަށް ފަސްރުފިޔާތަ؟