ދުނިޔެ

ޗައިނާގެ ފައިސާ، ޔުއާންގެ އަގު ވަރަށް ބޮޑަށް ވެއްޓިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާ ޑޮލަރުގެ އަގު އުފުލެމުންދާ މި ދަނޑިވަޅުގައި ޗައިނާ ޔުއާންގެ އަގު ރެކޯޑް މިންވަރަށް ވެއްޓިއްޖެއެވެ.

Ads by WAMCO

ޗައިނާ ޔުއާންގެ އަގާ ގުޅޭ ޑޭޓާ 2011 ވަނަ އަހަރު ޖަމާކުރަން ފެށި ފަހުން، އަގު ނުވެއްޓޭ މިންވަރަށް މި ވަގުތު ވަނީ ވެއްޓިފަ އެވެ.

މިއީ 2008 ވަނަ އަހަރުގެ މާލީ ކާރިސާއަށް ފަހު ޗަައިނާ ފައިސާ މިހާ ބަލިކަށިވި ފުރަތަމަ ފަހަރެވެ. ޔުއާންގެ އަގު މިހާރު ހުރީ 0.14 ޑޮލަރުގައެވެ.

ދުނިޔޭގައި ފާހަގަކުރެވޭ އެހެން ފައިސާތަކާ އަޅާ ބަލާއިރު، ޑޮލަރުގެ އަަގު ދަނީ އުފުލެމުންނެވެ. އެއީ މި މަހުގެ ކުރީކޮޅު އެމެރިކާގެ މަރުކަޒީ ބޭންކުން އިންޓްރެސްޓް ރޭޓުތައް މަތި ކުރުމުންނެވެ.

ޗައިނާ ފައިސާގެ އަގު ހިފަހައްޓަން އެ ގައުމުގެ މަރުކަޒީ ބޭންކުން ވަނީ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެގޮތުން ބޭންކުތަކުގައި ބަހައްޓަން ޖެހޭ ބޭރު ފައިސާގެ އަދަދު ވަނީ ކުޑަކޮށްފައެވެ.

ދުނިޔެއަށް ކާރިސާތައް ކުރިމަތިވާ ވަގުތުތަކުގައި ގިނަ އިންވެސްޓަަރުން ފައިސާ ރައްކާ ކުރަނީ ޑޮލަރުގެ ގޮތުގަ އެވެ. އެހެން ފައިސާތަަކުގެ އަގު ވެއްޓި ޑޮލަރުގެ އަގު އުފުލެނީ އެހެންވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!