ޚަބަރު ސިޔާސީ ޝަރުޢީ ދާއިރާ

ސަރުކާރު ''ނޭވާހޮޅިއަށް އެޅެން'' ފެށުމުން ޖޭއެސްސީ އިސްލާހުކުރާ ވާހަކަ ފަށައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
އެޓާނީ ޖެނެރަލް އިބްރާހިމް ރިފްޢަތު އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް.

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް މުރާޖަޢާކޮށް ޤާނޫނުއަސާސީއަށް އިސްލާހު ގެނައުމަށްޓަކައި އެކުލަވައިލަންޖެހޭ ޤާނޫނު އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

Ads by STELCO

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވަޢުދެކެވެ.

ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ޖޭއެސްސީއަކީ ދެފުށް ފެންނަ ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ މުއައްސަސާއެއްކަން ކަށަވަރުވާން ޖެހެއެވެ.

އޭޖީ އޮފީހުން ބުނީ ޖޭއެސްސީއަކީ ދެފުށް ފެންނަ، ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ މުއައްސަސާއެއްކަން ކަށަވަރުކުރުމަށްޓަކައި، ކަމާގުޅޭ ބައިނަލްއަޤްވާމީ ހަމަތަކާއި އުސޫލުތަކަށް ރިޢާޔަތްކޮށް، އެ ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާކުރުމަށްޓަކައި ޤާނޫނުއަސާސީގެ 158 ވަނަ މާއްދާއަށް ގެންނަންޖެހޭ އިސްލާތައް އެކުލެވޭ ބިލު އެކުލަވާލައި, ހިނގަމުން މިދާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ ތެރޭގައި ހުށަހެޅުމަށް ގަސްދުކުރާ ކަމަށެވެ.

އަދި ބިލު އެކުލަވައިލުމުގެ މަސައްކަތަށް ބޭނުންވާ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ސުޕްރީމް ކޯޓާއި، ހައި ކޯޓާއި، ދަށު ކޯޓުތަކާއި، ޖޭއެސްސީއާއި އެ ނޫން ވެސް ކަމާބެހޭ ފަރާތްތަކާއެކު ބާއްވަންޖެހޭ ބައްދަލުވުންތައް ކުރިއަށްއޮތް ހަފުތާގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް:

ރައްޔިތުންގެ މަޖިލީހުގެ ރައީސް.

ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރެއް.

އެޓާނީ ޖެނެރަލް.

މަޖިލީހުގެ މެންބަރުންގެތެރެއިން ކަނޑައަޅާ މެންބަރެއް.

ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް.

ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ވަކީލެއް.

ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއް. އެއީ އުއްތަމަ ފަނޑިޔާރު ފިޔަވައި.

ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިހާބުކުރާ ފަނޑިޔާރެއް.

ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިހާބުކުރާ ފަނޑިޔާރެއް.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރަން އެމްޑީޕީން އަބަދު ވެސް ހަރުއަޑުން ވަކާލާތުކުރެވެ. ނަމަވެސް އެމްޑީޕީއަށް އެ ވަޢުދު ނުފުއްދޭތީ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު (ޓޮމް) ޖޭއެސްސީ އެކުލަވައިލާފައިވާ ގޮތް ބަދަލު ކުރަން ދެތިން ފަހަރު މަތިން ހުށަހެޅުއްވުމުން ވެސް ރައްޔިތުންގެ މަޖިލީހުން ވަނީ ބޭރުކޮށްލައިފައެވެ.

އެމްޑީޕީގެ ވެރިކަން ބީވެގެންދާން ގާތްވެ, ޖޭއެސްސީ ބަދަލުކުރާ ވާހަކަ ދައްކާއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖޭއެސްސީގައި އިންނެވުމަކީ އެ ތަނަށް ސިޔާސީ ބާރު ފޯރުވަންޖެހޭ މިންވަރަށް ފޯރުވުމަށް ބޭނުންތެރި ކަމެއްކަމަށް ވެސް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo
  1. ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯރުން ބޭނުން ވަނީ ޖަޑިޝަރީ އެމީހުން މޮޑޭ ފުއްގަޑެއްހެން އޮންނަން ވެރިކަން ބަދަލް ވާއިރަށް ސުޕްރިމްކޯޓް ބަދަލްވެ ޖޭއެސްސީ ބަދަލްވެ ސުޕްރިމް ކޯޓްގެ ހުކުމް ރޫޅިގެން ދާގޮތަށް އޮތުމަށް، ދައުލަތުގެ ތިންބާރު ގެ ތެރެއިން ޖުޑިޝަރީ ހިންގަން ޖެހެނީ މިކުސްފުރުޓެއް ގޮތަށް، އަނެއް ދެބާރު ހިންގަނީ އެތަނުގެ ވެރިން ، ޖުޑިޝަރީވެސް ހިންގަންވާނީ ޖުޑިޝަރީގެ އިސްވެރިޔާ އުއްތަމަ ފަޑިޔާރު ނުންތޯ !

  2. ޖޭއެސްސީ އޮންނަންވީ ގޮތް
    1/ އުއްތަމަ ފަޑިޔާރު ( ޖޭއެސްސީ ރައީސު )
    2/ ހައިކޯޓް އިސް ފަޑިޔާރު
    3/ ސުޕީރިއާ ކޯޓް ތަކުގެ އިސް ފަޑިޔާރުން
    4/ މެޖަސްޓުރޭޓް ކޯޓް ތަކުން ހޮވާ 4 މެޖަސްޓުރޭޓުން