ޚަބަރު ސިޔާސީ

ހަތަރު ރަށެއްގެ ބައި އިލެކްޝަންތަކުގެ ވޯޓުލުން ފަށައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ތ.ގުރައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގެ ވޯޓުލުން ކުރިއަށްދަނީ. ފޮޓޯ: އީސީ

ށ.މާއުނގޫދޫ ކައުންސިލަށް މެންބަރަކު އިންތިޚާބު ކުރުމަށާއި,
އިތުރު ތިން ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން ހޮވުމަށް ބާއްވާ ބައި އިލެކްޝަންތަކުގެ ވޯޓުލުން ފަށައިފިއެވެ.

Ads by STELCO

މިއަދު ކުރިއަށްދަނީ މާއުނގޫދޫ ކައުންސިލުގެ ބައި އިލެކްޝަނާއި, ތ.ގުރައިދޫ, ލ.ދަނބިދޫ, ރަސްމާދޫ މި ތިން ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން ހޮވުމަށް ބާއްވާ ބައި އިލެކްޝަންތަކެވެ.

1.މާއުނގޫދޫ ކައުންސިލުގެ ބައި އިލެކްޝަން:

ކެންޑިޑޭޓް ނަންބަރު 01: މުޙައްމަދު އިބްރާހީމް ވަޙީދު, ރޭލައިޓް, ށ.މާއުނގޫދޫ. (ޕީޕީއެމް)

ކެންޑިޑޭޓް ނަންބަރު 02: ފާޠިމަތު ޝިމާނާ, އޮޓާގޯ, ށ.މާއުނގޫދޫ. (އެމްޑީޕީ)

2.ތ.ގުރައިދޫ ބައި އިލެކްޝަން:

ކެންޑިޑޭޓް ނަންބަރު 01: ފާޠިމަތު ރަނިއްޔާ, ވިނަމަތި, ތ.ގުރައިދޫ. (އެމްއެންޕީ)

ކެންޑިޑޭޓް ނަންބަރު 02: ޝަރުމާ ޢަލިމަނިކު, ފުނަމާ, ތ.ގުރައިދޫ. (ޕީޕީއެމް)

3.ރަސްމާދޫ ބައި އިލެކްޝަން:

ކެންޑިޑޭޓް ނަންބަރު 01: ޞާބިރާ މުޙައްމަދު, ބްލާސަމްގެ, ރ.ރަސްމާދޫ. (ޕީޕީއެމް)

ކެންޑިޑޭޓް ނަންބަރު 02: މަރްޔަމް ލިޔޫސާ (ލިޔުޝާ), މާއޮޅު, ރ.ރަސްމާދޫ (އެމްޑީޕީ)

4.ދަނބިދޫ ބައި އިލެކްޝަން:

ކެންޑިޑޭޓް ނަންބަރު 01: މަރިޔަމް ސާމިރާ, އެންދެރިމާގެ, ލ.ދަނބިދޫ. (އެމްއެންޕީ)

ކެންޑިޑޭޓް ނަންބަރު 02: މަރްޔަމް ރަޝީދާ, އުއްމުލްޤުރާ, ލ.ދަނބިދޫ. (ޕީޕީއެމް)

ކެންޑިޑޭޓް ނަންބަރު 03: ޢާއިޝަތު ވިސާމާ, ހީނާމާގެ, ލ.ދަނބިދޫ. (އަމިއްލަ ގޮތުން)

ކެންޑިޑޭޓް ނަންބަރު 04: ޢާއިޝަތު ޒިޔާދާ, މާވިނަ, ލ.ދަނބިދޫ. (އެމްޑީޕީ)

މި ބައި އިލެކްޝަންތަކުގެ ވޯޓުލުން މިއަދު ހެނދުނު 08:00 ގައި ފަށާފައިވާއިރު ވޯޓުލުން ކުރިއަށްދާނީ ހަވީރު 16:00 އަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!