އިމްރާންގެެ ގެކޮޅުގައި ޖާސޫސް ކެމެރާ ހަރުކޮށްފައި ހުރިތޯ ބަލަނީ
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފްގެ ގެކޮޅުގައި ޖާސުސް ކުރުމަށް ޑިވައިސްތައް ހަރުކޮށްފައިވޭތޯ ބަލައިފިއެވެ.
މިކަން ކޮށްފައި ވަނީ މިދިޔަ ހަފްތާގެ ތެރޭގައި ޕާކިސްތާން ތަހްރީކޭ އިންސާފްގެ ލީޑަރު އިމްރާން ޚާން ބައިވެރިވެވަޑައިގަތް އޯޑިއޯ ލީކްތަކާ ގުޅިގެން ކަމަށް މީޑިއާ ރިޕޯޓެއްގައިވެ އެވެ.
އޯޑިއޯ ލީކް ވެފައިވާ މައްސަލަ ތަހުގީގު ކުރުމަށް ޕާކިސްތާން ސަރުކާރުން ވަނީ މަތީ ފެންވަރުގެ ޕެނަލެއް އެކުލަވާލާފައެވެ. އަދި އެކަމާ ގުޅިގެން ބޮޑު ވަޒީރު އޮފީހާއި އެ އޮފީހުގެ މުވައްޒަފުންނާއި އޮފިސަރުންގެ މޯބައިލް ފޯނު ޑޭޓާއާއި ލެޕްޓޮޕްތައް ވެސް އެ ޓީމުން މޮނިޓަރ ކުރަމުންދެއެވެ.
މިދިޔަ ހަފްތާގެ ތެރޭގައި ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ޕާކިސްތާން މުސްލިމު ލީގް (ނ)ގެ ލީޑަރު މަރިޔަމް ނަވާޒާއި ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާންގެ ސިލްސިލާ އޯޑިއޯތަކެއް ވަނީ ލީކުވެފައެވެ.
މިއަށްފަހު ޕީއެމް ހައުސްގައި އާ އެސްއޯޕީއެއް ތަންފީޒުކޮށްފައިވާއިރު، އެ ޕްރޮސީޖާއެއްގެ ދަށުން އެއްވެސް މުވައްޒަފަކު ނުވަތަ އޮފިސަރަކަށް މޯބައިލް ފޯނު އެ އިމާރާތުގެ ތެރެއަށް ގެންދިއުމުގެ ހުއްދަ ދީފައި ނުވާ ކަމަށް ޑޯން އިން ރިޕޯޓްކުރެއެވެ.
"އިމާރާތަށް ވަންނަ ވަގުތު ފޯނުތައް ނަގައި އޮފީސް ނިމިގެން ދާއިރު އަނބުރާ ފޯނު ހަވާލު ކުރާ ކަމަށް މައުލޫމާތު ދިން ފަރާތިން ޑޯންއަށް ކިޔައދީފައި ވެއެވެ.
އިމްރާން ޚާންގެ ލީކުވެފައިވާ އޯޑިއޯގައި ވަނީ "އެމެރިކާގެ ރޭވުން" ތަކާ ބެހޭ ގޮތުން އޭނާ ވާހަކަ ދައްކަވާ އަޑެވެ.