ދުނިޔެ

ޗައިނާގެ މިނިވަން ދުވަހާ ދިމާކޮށް ޓައިވާނުގައި ޗައިނާގެ ދިދަ އަންދައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ މިނިވަން ދުވަހާ ދިމާކޮށް، ޓައިވާނުގެ ޖަމާއަތަކުން ޗައިނާގެ ދިދަ އެންދުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފިއެވެ.

Ads by WAMCO

ޗައިނާއިން ޤަބޫލު ކުރާ ގޮތުގައި ޓައިވާނަކީ އެމީހުންގެ ޤައުމުގެ ބައެކެވެ. ނަމަވެސް ޓައިވާނަކީ އަމިއްލަ ވެރިކަމެއް ކުރަމުން އަންނަ ބައެކެވެ.

އޮކްޓޯބަރު 1 ވަނަ ދުވަހަކީ 1949 ވަނަ އަހަރު މައޯ ޒެޑޮންގް ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ އިއުލާން ކުރެއްވި ދުވަހެވެ. އޭރު ޗައިނާގައި ހިނގި ދާޚިލީ ހަނގުރާމައިގައި، ރިޕަބްލިކް އޮފް ޗައިނާގެ ސަރުކާރު އެ އަހަރު ނިމުނުއިރު ޓައިވާނަށް ފިލައިގެން ގޮސް މިއަދާ ހަމައަށް ވެސް އެގައުމުގައި އޮތް އިރު، އެ މީހުން ޤަބޫލު ކުރާ ގޮތުގައި ޗައިނާގެ އަސްލު ޙައްޤުވެރިންނަކީ އެ މީހުންނެވެ.

ޓައިވާންގައި ޗައިނާގެ ގައުމީ ދުވަސް ރަސްމީކޮށް އެއްވެސް ގޮތަކަށް ފާހަގަކޮށްފައެއް ނުވެއެވެ. ޓައިވާނުން ފާހަގަ ކުރަނީ، އެ ޤައުމު އުފެދުނު ދުވަހެވެ އެއީ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހެވެ.

ނަމަވެސް މި އަހަރު ޓައިވާނުގައި ހަރަކާތްތެރިވާ ބައެއް ޖަމާއަތްތަކުން ޗައިނާގެ މިނިވަން ދުވަހާ ދިމާކޮށް، ރުޅިވެރިކަން ފާޅު ކުރުމަށް ހަރަކާތްތަކެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

ޗައިނާއާއި ޓައިވާންގެ ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ބަލިކަށިވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!