އިންޑިއާގައި ވަޒީފާ ނެތް މީހުންގެ އަދަދު މިދިޔަ ހަތަރު އަހަރު ވެސް ނުދާހާ ދަށަށް
އިންޑިއާގައި ވަޒީފާ ނެތް މީހުންގެ އަދަދު މިދިޔަ ހަތަރު އަހަރު ވެސް ނުދާހާ ދަށަށް ގޮސްފިއެވެ.
އަމިއްލަ ރިސާޗް ކުންފުނި ސެންޓަރ ފޯ މޮނިޓަރިން އިންޑިއަން އިކޮނޮމީ ޕްރައިވެޓް ލިމިޓެޑްގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހު އިންޑިއާގެ ވަޒީފާ ނެތް މީހުންގެ ނިސްބަތް ދަށްވެ 6.43 ޕަސެންޓަށް ވެއްޓިފައިވާ ކަމަށެވެ.
މި ރޭޓަކީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން އެންމެ ދަށް ރޭޓެކެވެ.
މި ދަށްވުން ރިޕޯޓްކޮށްފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި 10 މިލިއަނާ ގާތްކުރާ އަދަދަކަށް ވަޒީފާ އިތުރުވުމުންނެވެ.
ވަޒީފާ ނެތް މީހުންގެ ނިސްބަތް ސެޕްޓެމްބަރު މަހު 5.8 ޕަސެންޓަށް ދަށަށް ގޮސް އޮގަސްޓް މަހު އެ އިންސައްތަ ހުރީ 7.7 ގައެވެ. އޭގެ ކުރީމަހު ހުރީ 9.6 ގައެވެ.
މިދިޔަ ހަފްތާގައި ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ވަނީ ލަފާކުރި ގޮތަށް ރެޕޯ ރޭޓް 50 ބެސިސް ޕޮއިންޓް ބޮޑުކޮށް، ލޯނު ނެގުމުގެ ހަރަދު 5.9 ޕަސެންޓް އިތުރުކޮށްފައެވެ.
ރާއްޖޭގެހުރިހާވަޒީފާއެއްއިންޑިޔާމީހުނައްދިނީމާތިހެންތިވީ