ޚަބަރު

ރައީސް ޞާލިޙް ބަހްރެއިނަށް ވަޑައިގަންނަވަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް، ބަހްރެއިނަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިއްޖެއެވެ.

Ads by STELCO

ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް މާދަމާގެ ވަގުތެއްގައި ބަހްރެއިނަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ.

މިއުވާން ވިދާޅުވީ އެ ދަތުރުފުޅަކީ ބަހްރެއިންގެ ރަސްގެފާނު ހަމަދް ބިން އީސާ އަލް ހަލީފާގެ ދައުވަތަކަށް ރައީސް ޞާލިޙް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ދާދި ފަހުން ވަނީ އިނގިރޭސި ވިލާތަށް ވެސް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!