ޚަބަރު ސިޔާސީ

ޕީޕީއެމްއާ ގުޅުނު 10,000 މީހެއްގެ މެމްބަރޝިޕް ފޯމް އީސީއަށް ހުށަހަޅައިފި

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ޕީޕީއެމްއާ ގުޅުމަށް ސޮއިކޮށްފައިވާ 10,000 މީހުންގެ މެމްބަރޝިޕް ފޯމް އިލެކްޝަން ކޮމިޝަނަށް މިއަދު ހުށަހަޅައިފިއެވެ.

Ads by MWSC

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިއަދު ހުށަހެޅި ފޯމުތަކަކީ ޕީޕީއެމްގެ އެތެރޭގެ އިންތިޚާބާ ދިމާކޮށް ޕާޓީއާ ގުޅެން ހުށަހެޅި މެންބަރުންގެ ފޯމުތައް ކަމަށެވެ.

އެ ގޮތުން އެ މެންބަރުން ޕީޕީއެމްގެ ދަފްތަރުގައި ހިމަނައިދިނުމަށް ވަނީ އެދިފައެވެ.

އީސީގެ ދަފްތަރުގައިވާ ގޮތުން ޕީޕީއެމްގައި މިހާރު ތިބީ 33264 މެންބަރުންނެވެ. މިއަދު ހުށަހެޅި ފޯމުތައް ޕްރޮސެސްކޮށް ނިމުމުން ޕީޕީއެމްގެ މެންބަރުންގެ ޢަދަދު 44000 އަށްވުރެ މައްޗަށް އަރާނެއެވެ.

އިތުރު 10000 މެންބަރުން ޕީޕީއެމްގެ ދަފްތަރުގައި ހިމަނައިދިނުމަށް ވަނީ އެދިފައިވާއިރު އެހެން ޕާޓީތަކުން އެ ޕާޓީގެ ދަފްތަރުގައި ތިބޭ މެންބަރުން ''ވަގަށް ނަގާ'' ކަމަށް ބުނާ މައްސަލަ ވެސް ވަނީ ބޮޑުވެފައެވެ. ދާދިފަހުން އެ ޕާޓީން ބުނި ގޮތުގައި ފިތްކަނޑައިގެންދާ މިންވަރަށް މެންބަރުން ވަނީ ވަގަށް ނަގާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!