ޕާކިސްތާނުގެ މީހަކު ރާއްޖެ އެތެރެކުރަން އުޅުނު 10 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު 10 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
އެ ތަކެއްޗަކީ މި މަހުގެ 01 ވަނަ ދުވަހު ދުބާއީން ރާއްޖެއައި ޕާކިސްތާނުގެ ޢުމުރުން 48 އަހަރުގެ މީހެއްގެ ލަގެޖުގައި ހުރި ތަކެއްޗެވެ.
ކަސްޓަމްސްއިން މިއަދު ބުނީ އެ ތަކެތި ތަހްލީލުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އަތުލައިގަތް މަސްތުވާތަކެތީގައި 10.02 ކިލޯ ހުރިއިރު އެ ތަކެތީގެ މަގުމަތީ އަގު ބާރަ މިލިއަން ރުފިޔާއަށްވުރެ މައްޗަށް އަރާނެކަމަށް ކަސްޓަމްސްއިން އަންދާޒާ ކުރެއެވެ. އެ ތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފައެވެ.
މިއެއްޗެއް މިރާއްޖެއަށް އެތެރެކުރަން މިއުޅެނީ ހާދަ ވަރުގަދަ މީގެ ބާޒާރެއްވެސް އޮތީމަތާ !